ހުރިހާ ޤައުމަކަށް ހުރްމުޒް ބަންދުކުރަން ޓްރަމްޕު ނިންމުމުން، އެކަމުގައި އެމެރިކާއާއި ބައިވެރިނުވާން އިނގިރޭސީން ނިންމައިފި.

އިނގިރޭސީން މިކަން އިޢުލާން ކުރި އިރު، ހުރްމުޒް ބަންދު ކުރަން އެމެރިކާ އަށް އެހީތެރި ވުމަށް އިނގިރޭސި ސަރުކާރުން ހަނގުރާމަ މަނަވަރެއް އަންނާނެ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

ދެންމެ ލަންޑަނުން ބުނީ ހުރްމުޒް ކަނޑުއޮޅި ބަންދު ކުރުމަށް އެމެރިކާ އިން ކުރާ މަސައްކަތުގައި އެ ޤައުމުން ބައިވެރި ނުވާނެ ކަމަށެވެ.

ހުރްމުޒް ބަންދުކުރަން ޓްރަމްޕް މަސައްކަތް ކުރަނީ އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން އީރާނަށް ފީ އެއް ދެމުންދާތީވެ، އެކަން ނިމުމަކަށް ގެނައުމަށެވެ.

އީރާނުން ބުނީ ހުރްމުޒް އަކީ ހުޅުވިފައިވާ ތަނެއް ކަމަށާއި އެ ކަނޑުއޮޅިން އެމެރިކާގެ އަސްކަރީ އެއްވެސް އުޅަނދަކަށް ދަތުރު ނުކުރެވޭނެ ކަމަށާއި، ދުނިޔޭގެ ކޮންމެ ބަޔަކަށް ވެސް މުދާ އުފުލުމުގައި އެ ކަނޑުއޮޅި ބޭނުން ކުރެވޭނެ ކަމަށެވެ.