Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކަރަންޓު ކެނޑެން މެދުވެރިވީ މައި ކޭބަލަކަށް ގެއްލުންވުމުން: ސްޓެލްކޯ

ކަރަންޓު ކެނޑެން މެދުވެރިވީ މައި ކޭބަލަކަށް ގެއްލުންވުމުން: ސްޓެލްކޯ

އައިޝަތު ރުވާ ރިފްޢަތު
147 ދުވަސް ކުރިން - 12 އޭޕްރިލް 2026 21:42
ސްޓެލްކޯ ހެޑް އޮފީސް (މާލެ). / ފޮޓޯ: ޚުލާސާ
ސްޓެލްކޯ ހެޑް އޮފީސް (މާލެ). / ފޮޓޯ: ޚުލާސާ
ޚުލާސާ

ސްޓެލްކޯއިން ބުނީ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވީ އެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ހާމަކޮށްފި އެވެ.

ސްޓެލްކޯއިން މައުލޫމާތު ދޭ ގޮތުގައި، ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމަށް އަޅާފައިވާ މައި ހަތަރު ކޭބަލްގެ ތެރެއިން އެއް ކޭބަލަށް ގެއްލުން ލިބިފައިވަނީ ކޮނުމުގެ މަސައްކަތެއްގެ ތެރެއިންނެވެ. މި ހާދިސާއާ ގުޅިގެން، މިވަގުތު ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގައާއި ލޯޑު ހުރިގޮތުން، ބާކީ ހުރި ތިން ކޭބަލް މެދުވެރިކޮށް މުޅި ދެވަނަ ފިޔަވައްސަށް ފުރިހަމައަށް ކަރަންޓު ފޯރުކޮށްދިނުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކާއި، ސަރުކާރު ކުންފުނިތަކުން ބިނާކޮށްފައިވާ ޓަވަރުތަކުން މިއަދު މެންދުރުފަހުން ފެށިގެން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފަ އެވެ. މީގެ އިތުރުން، މިރޭގެ ވަގުތެއްގައި އަމަން ދޯދި އަދި އަމަން އުދަރެސް ފުލެޓުތަކުން ވެސް ކަރަންޓު ކެނޑުނެވެ.

Advertisement

Advertisement 1

ސްޓެލްކޯއިން ބުނީ މި މައްސަލަ ހައްލުކުރުމަށްޓަކައި އެ ކުންފުނީގެ ޓެކްނިކަލް ޓީމުން މިހާރު ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ހިދުމަތް މެދުކެނޑިފައިވާ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދިނުމަށްޓަކައި، ގެއްލުންވި ކޭބަލްގެ ލޯޑު ބާކީ ހުރި ތިން ކޭބަލަށް ބަހާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ނިމުމެއް ގެނައުމަށް ސްޓެލްކޯގެ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހުޅުމާލެ ފޭސް-2ސްޓެލްކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލެ ފޭސް 2 ގެ ބީޗްގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ފޭސް-2ގައި މޫދަށް އެރޭނެ ސަރަހައްދަކާއި މަސްބާނާ ސަރަހައްދެއް ގާއިމްކުރަނީ

2 ގަޑިއިރު ކުރިން - 08:48

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސްޓެލްކޯގެ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

ސްޓެލްކޯ ޓަވަރަކުން ވެއްޓުނު ތުއްތު ކުއްޖާ ނިޔާވެއްޖެ

5 ދުވަސް ކުރިން - 13:32

ހުޅުމާލެ ފޭސް 2 ގެ ޓަވަރަކުން ތުއްތު ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލެ ފޭސް 2 ގެ ޓަވަރަކުން ތުއްތު ކުއްޖަކު ވެއްޓިއްޖެ

5 ދުވަސް ކުރިން - 13:12

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ މަޝްރޫޢެއް ފަށަނީ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެމަޝްރޫޢެއް ފަށަނީ

32 ދުވަސް ކުރިން - 11:49

އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

:އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިދާނެ”

48 ދުވަސް ކުރިން - 19:54

ޢިމާރާތްކުރުމަށް އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

އެޑްވާންސަށް ފުލްޕޭމެންޓް ދިން މިސްކިތުގެ މަސައްކަތް ނުނިމޭތީ ކަންބޮޑުވުން!

75 ދުވަސް ކުރިން - 17:35