Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

މުހައްމަދު ޖަމްޝަތު
138 ދުވަސް ކުރިން - 12 އޭޕްރިލް 2026 17:08
ބޮލީވުޑްގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ---
ބޮލީވުޑްގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ---
ޚުލާސާ

އާޝާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ

އިންޑިއާގެ އެންމެ މަޝްހޫރު އެއް ޕްލޭބެކް ލަވަކިޔުންތެރިޔާ އަދި ބޮލީވުޑްގެ ލެޖެންޑް އާޝާ ބޯސްލޭ މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އުމުރުން 92 އަހަރުގެ އާޝާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ. 

އިންޑިއާގެ ޕްލޭބެކް ސިންގިންގްގެ ރަނިކަން ކުރި އާޝާގެ ފަންނީ ހަޔާތުގައި 12،000 އަށްވުރެ ގިނަ ލަވަ ވަނީ ކިޔައިދީފައެވެ. އާޝާގެ ތަފާތު އަޑުން އެތައް ފިލްމީ ލަވަތަކަކަށް ދިރުން ގެނެސްދީފައިވާއިރު، އޭނާގެ ލަވަތަކަކީ ދިވެހިންގެ މެދުގައިވެސް ނުހަނު މަގުބޫލު ލަވަތަކެކެވެ.

Advertisement

Advertisement 1

އުމުރުން އެންމެ 10 އަހަރުން ފެށިގެން ލަވަކިޔަން ފެށި އާޝާގެ މަގުބޫލުކަން ހޯދީ އޭނާގެ އަޑުގެ ތަފާތު ކަމާއި ރޭންޖުގެ ސަބަބުންނެވެ. ބަޖަންތަކާއި ގަޒަލްތަކުން ފެށިގެން ބޮލީވުޑްގެ މަޝްހޫރު ލަވަތަކާއި ކްލެސިކަލް ރާގުތަކަށް ބަލާއިރު، ބޯސްލޭއަކީ އިންޑިއާގައި އެންމެ ގިނަ ލަވަ ރެކޯޑްކޮށްފައިވާ ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ. މިކަން ބަލައިގަނެ، 2011 ވަނަ އަހަރު ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން ވަނީ "އެންމެ ގިނަ ސްޓޫޑިއޯ ރެކޯޑިންގްސް - ސިންގަލްސް" ހެދި ކަމުގެ ރެކޯޑް ބޯސްލޭއަށް ދީފައެވެ.

ބޮލީވުޑްގައި އޭނާގެ ނުފޫޒުގަދަ މަގާމުގެ ސަބަބުން 1997 ވަނަ އަހަރު ކޯނާޝޮޕްގެ މަޝްހޫރު ލަވަ "ބްރިމްފުލް އޮފް އާޝާ" އޭނާއަށް ހަދިޔާކުރެވުނެވެ. މީގެ އިތުރުން އިނގިރޭސި މިއުޒީޝަން ބޯއި ޖޯޖާއެކު ކުރި މަސައްކަތުން ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އޭނާ ބޮޑު މަގުބޫލުކަމެއް ހޯދިއެވެ. އޭނާގެ އަޑުގައި ހުރި ޖޯޝެއްގެ ސަބަބުން އެތައް ޖީލެއްގެ ސަޕޯޓަރުންގެ ލޯބި އޭނާ ވަނީ ހޯދާފައެވެ.

އާޝާ ބޯސްލޭ މަރުވި ހަބަރާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާގެ ހަނދާންތައް އާކޮށް، އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.

އާޝާގެ މަރާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. މޯދީ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އާޝާއަކީ އިންޑިއާ ދުށް އެންމެ ނަމޫނާ އަދި އެންމެ ހުނަރުވެރި އެއް އަޑު ކަމަށާއި އޭނާގެ އާދަޔާހިލާފު މިއުޒިކުގެ ސަބަބުން އިންޑިއާގެ ސަގާފީ ތަރިކަ މުއްސަނދިވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެތައް މިލިއަން ހިތްތަކަކަށް އަސަރުކޮށްފައިވާ ކަމަށެވެ.

އާޝާގެ ވަކިވެދިޔުމަކީ އިންޑިއާގެ ސަގާފީ އަދި ފަންނީ ދާއިރާއަށް ލިބުނު ބޮޑު އުނިކަމެކެވެ.

ދުނިޔެއިންޑިއާބޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

"ސީރިއަން ޑިމޮކްރެޓިކް ފޯސަސް" އުވާލައިފި

3 ދުވަސް ކުރިން - 23:28

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

6 ދުވަސް ކުރިން - 18:55

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

6 ދުވަސް ކުރިން - 15:57

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި: ސިޔާސީ އުސްލޫބަށް ބޮޑު ބަދަލެއް!

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި

7 ދުވަސް ކުރިން - 10:25

ޓްރަމްޕުގެ މަގުބޫލުކަން %33 އަށް ދަށަށް!

ޓްރަމްޕުގެ މަގުބޫލުކަން %33 އަށް ދަށަށް!

11 ދުވަސް ކުރިން - 11:21

ދަތިކުރުމުގެ ފިޔަވަޅުތައް ބޭކާރު؟ ރަޝިޔާއިން އުފެއްދި ޖެޓު  4,000 ކިލޯމީޓަރަށް އުދުހިލައިފި

ދަތިކުރުމުގެ ފިޔަވަޅުތައް ބޭކާރު؟ ރަޝިޔާއިން އުފެއްދި ޖެޓު 4,000 ކިލޯމީޓަރަށް އުދުހިލައިފި

11 ދުވަސް ކުރިން - 12:22