މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރު ރސ 5268، މުހައްމަދު ތާހާ (37އ) އެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2026 އެޕްރީލް 10 ވަނަ ދުވަހުގެ ހެނދުނު 08:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1، ނިރޮޅުމަގު، ފްލެޓް 20 ސަރަހައްދުންނެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މުހައްމަދު ތާހާ ހުއްޓުވައި ބަލައި ފާސްކޮށްފައިވަނީ މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް، ނިރޮޅުމަގުން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިދިޔަ ސައިކަލެއް ފާހަގަކުރެވިގެންނެވެ. އެގޮތުން އޭނާ ދުއްވި ސައިކަލު ހުއްޓުވައި ބަލައި ފާސްކުރިއިރު، ސައިކަލުގެ ކަނާތްފަރާތު ވަތްގަނޑުގައި އޮތް ޓިޝޫއެއްގެ ތެރޭގައި ފޮރުވާފައި އޮތް، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ވަނީ ފެނިފަ އެވެ.
މި ޕެކެޓުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 5.14 ގްރާމް ހުރި ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު ތާހާ ދުއްވި ސައިކަލު ފުލުހުން ވަނީ ޓޯކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެފައިވެ އެވެ.










