Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކައުންސިލް އިންތިހާގެ ދެވަނަ ބުރު މި މަހުގެ 18 ގައި ބާއްވަނީ

ކައުންސިލް އިންތިހާގެ ދެވަނަ ބުރު މި މަހުގެ 18 ގައި ބާއްވަނީ

މުހައްމަދު ޖަމްޝަތު
106 ދުވަސް ކުރިން - 11 އޭޕްރިލް 2026 12:43
މިމަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުފޮށިތައް ގުނުމުގެ ތެރެއިން---ފޮޓޯ:އީސީ
މިމަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުފޮށިތައް ގުނުމުގެ ތެރެއިން---ފޮޓޯ:އީސީ
ޚުލާސާ

ބައެއް ދާއިރާތަކުގެ ވޯޓު އެއްވަރުވުމުން ދެ ވަނަ ބުރެއް ބާއްވަން ވަނީ ހަމަޖައްސައިފަ. ނަމަވެސް، އެ ދާއިރާތަކުގެ ތަފިސީލެއް އަދި ނުލިބE

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި، އެއްވަރުވުމުގެ ސަބަބުން ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމުގެ ކުރިން ދެއްވި ހާއްސަ މެސެޖެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އޭޕްރީލް މަހުގެ 18 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

"މި އިންތިޚާބުގެ ދެވަނަ ބުރަށް ދާ ދާއިރާތަކުގެ އިންތިޚާބު 2026 އޭޕްރީލް، އާދެ މި މަހުގެ 18 ވާ ހޮނިހިރު ދުވަހު ބޭއްވިގެންދާނެ. މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ފަށައިފީމު،" ޒާހިދު ވިދާޅުވިއެވެ.

Advertisement

Advertisement 1

އެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް މިހާރު ވަނީ ނިމިފަ އެވެ. ބައެއް ދާއިރާތަކުގެ ވޯޓު އެއްވަރުވުމުން ދެ ވަނަ ބުރެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް، އެ ދާއިރާތަކުގެ ތަފިސީލެއް އަދި ނުލިބެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަކީ ކައުންސިލް އިންތިހާބެއްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ރައްޔިތުން ވޯޓުލީ ފަހަރުކަން ފާހަގަކުރައްވަމުން، އިންތިހާބުގެ ހުރިހާ ކަމެއްވެސް ކުރިއަށްދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

މި އިންތިހާބާ ގުޅިގެން ގައުމީ ކޮމްޕްލަޔަންޓްސް ބިއުރޯއަށް ޖުމްލަ 170 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ. މި ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ގާނޫނީ ކަންކަން ބެލުމަށްފަހު، ޝަކުވާ ހުށަހެޅި ފަރާތްތަކަށް ޖަވާބު ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ.

ކޮމިޝަނުން ދޭ ޖަވާބާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މި ފުރުސަތު މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ހުޅުވާލެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުއިލެކްޝަންސް ކޮމިޝަން (އީސީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

އެމްޑީޕީން މާލީ ބަޔާން ހުށަނޭޅުމުން ޖޫރިމަނާ ކޮށްފި

4 ދުވަސް ކުރިން - 12:49

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

24 ދުވަސް ކުރިން - 20:59

ވޯޓުން އެއްވަރުވެ ދެވަނަ ފަހަރަށް ވޯޓުލައިގެން 80 ވޯޓުގެ ފަރަގަކުން ޕީއެންސީން މީދޫ ރައީސް ގޮނޑި ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

42 ދުވަސް ކުރިން - 19:24

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

43 ދުވަސް ކުރިން - 14:19

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

43 ދުވަސް ކުރިން - 11:24

7 ފޮށީގެ ތެރެއިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނި ގޮތަކަށް

7 ފޮށިން 4 ފޮށި ޕީއެންސީއަށް؛ ސޯބެ އިންތިހާބު ކާމިޔާބުކުރީ ހަނިގޮތަކަަށް

49 ދުވަސް ކުރިން - 19:55