Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

About UsPrivacy PolicyEditorial PolicyAdvertiseTerms

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ނިއުކްލިއާ ސައެންޓިސްޓުންނާއި ލީޑަރުން މަރައިލައިގެން ވެސް އީރާނު ބައްޔެއް ނުވި

ނިއުކްލިއާ ސައެންޓިސްޓުންނާއި ލީޑަރުން މަރައިލައިގެން ވެސް އީރާނު ބައްޔެއް ނުވި

ޢަބްދުﷲ ޖުނައިދު
50 ދުވަސް ކުރިން - 11 އޭޕްރިލް 2026 00:26
“އީރާނު ހަނގުރާމައިގެ ސްޓޯރީ”
“އީރާނު ހަނގުރާމައިގެ ސްޓޯރީ”
ޚުލާސާ

ސުޕަ-ޕަވަރޭ ކިޔައިގެން އުޅޭ އެމެރިކާ އާއި ދެކޮޅަށް 40 ދުވަސް ވަންދެން ހަނގުރާމަކޮށް އީރާނުން އެ ހުއްޓައިލީ ހަމަ ޙަޤީޤަތުގައި ވެސް “ބޮނދުބުޑަށް ސައި”ކިޔައި މޮޅުވެގެން.

ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި އީރާނުގެ ހަނގުރާމަ، ގާތްގަނޑަކަށް ސާޅީހަކަށް ދުވަސް ފަހުން މި މަހުގެ 8 ގައި ދެހަފްތާ އަށް މެދުކަނޑައިލި އިރު މި ހަނގުރާމަ އަކީ ވަރަށް ދުރާލާ، ވަރަށް ބޮޑަށް ރާވައިގެން އެމެރިކާ އާއި އިޒުރޭލުން ފެށި ހަނގުރާމަ އެކެވެ. ބޭނުމަކީ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ ގެ ދުވަސް ދުއްވާލައި، ފައްކާ ކޮށްފައި ހުރި ޔުރޭނިއަމްތައް ވަގަށް ނަގައި، އީރާނުގެ ނިއުކްލިއާ ޤާބިލްކަން ފުނޑާލުމަށެވެ. އެއަށްފަހު އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ތެހެރާނުގައި ޤާއިމް ކުރުމަށެވެ.

04 ޖޫން 1989 އިން ފެށިގެން 28 ފެބުރުއަރީ 2026 ގެ ނިޔަލަށް އީރާނުގެ ސުޕްރީމް ލީޑަރު ކަމުގެ މަޤާމުގައި އާޔަތުالله ޢަލީ ޚާމަނާއީ ދެމިހުންނެވި.

އީރާނު ފުނޑައިލުމުގެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި އެމެރިކާ-އިޒުރޭލުން ވަނީ ސީއައިއޭ އާއި މޮސާޑުގެ އެޖެންޓުން ތެހެރާނުގެ ތެރެއަށް ވައްދައި ވަރަށް ރަނގަޅަށް ތަޞްވީރު ކުރަހާލާފައެވެ. މި މަސައްކަތުގައި އުޅުނު ބައެއް ޖާސޫސޫން އީރާނުން ވަނީ ދެނެގަނެ އޭގެތެރެއިން އެއްބަޔަކު ހައްޔަރު ވެސް ކޮށްފައެވެ.

އީރާނުން ހައްޔަރު ކޮށްފައިވާ މޮސާޑުގެ އެޖެންޓުންތަކެއް

އެމެރިކާ-އިޒުރޭލުން ދަނޑިވަޅު ބަލާފައި ޚާމަނާއީ އަވަހާރަކޮށްލީ ގޭގައި އުޅުއްވަނިކޮށެވެ. އަދި އީރާނުގެ ނިއުކްލިއާ ސައިޓުތަކަށް ވެސް ޙަމަލާ ދީ އީރާނުގައިވާ އެންމެ މޮޅު އަދި އެންމެ މަޝްހޫރު ނިއުކްލިއާ އެކްސްޕާޓް ކަމަށްވާ ފަރީދޫން ޢައްބާސީ-ދަވާނީ އަށް ޓާގެޓް ކޮށް އޭނާ ވެސް އަވަހާރަކޮށްލިއެވެ. ނުވަތަ ޝަހީދު ކޮށްލީއެވެ.

ފަރީދޫން ޢައްބާސީ-ދަވާނީ

މީގެ އިތުރުން ދެން ވެސް ތިބި ކުޅަދާނަ ނިއުކްލިއާ ސައެންޓިސްޓުންނާއި ނިއުކްލިއާ މާހިރުންގެ ތެރޭގައި ހިމެނޭ މުޙައްމަދު މަހްދީ ޠަހްރާންޗީ، ޢަބްދުލްޙަމީދު މީނޫޝަހަރް އާއި އަޙްމަދު ރިޟާ ޛުލްފަޤާރީ އާއި އަމީރް ޙުސައިން ފަޤީހީ އާއި އަކްބަރު މުއްޠަލިބު އާއި ސަޢީޑު ބަރްޖީ އާއި މަންޞޫރް އަޞްޢަރީ އަދި ޑިފެންސް ރިސާޗްގެ އިސް ފަރާތެއް ކަމަށްވާ ރިޟާ މުޟައްފަރީ ނިޔާ ވެސް އަވަހާރަ ކޮށްލި ނުވަތަ ޝަހީދު ކޮށްލިއެވެ.

މި ބޭބޭފުޅުންގެ އިތުރުން ޚާމަނާއީގެ އެންމެ އަރިސް އަދި އެންމެ އިތުބާރު ކުރެވޭ ލީޑަރުންގެ ތެރޭގައި ހިމެނޭ ޢަޒީޒު ނަޞީރު ޒާދޭ އާއި މުޙައްމަދު ބާކްބޫރް ފަދަ އިސް ވެރިންގެ ފުރާނަ ވެސް ވަނީ ދުއްވާލާފައެވެ.

އަދި ޖާސޫސީ އިދާރާގެ ބައެއް އޮފިޝަލުންނާއެކު ގައުމީ ސަލާމަތާ ބެހޭ އެންމެ އިސް ވެރިޔާ ކަމަށް ވާ ޢަލީ ޝަމްޚާނީ ވެސް އަވަހާރަ ކޮށްލީއެވެ. ނުވަތަ ޝަހީދު ކޮށްލިއެވެ.

މާރޗް 17 ވަނަ ދުވަހު ލިބުނީ އީރާނަށް އަނެއް ހިތި ޚަބަރެވެ. އެއީ ޚާމަނާއީގެ އަރިސް އެޑްވައިޒަރު ޑރ. ޢަލީ ލާރީޖާނީ އާއި ސުލައިމާނީ ވެސް އަވަހާރަކޮށްލި ޚަބަރެވެ. އެ ވަރުން ވެސް އީރާން މަތައެއް ނުވިއެވެ.

އޭގެ ފަހުން މަސްދުވަސް ނުވަނީސް އަނެއްކާ ވެސް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ވައިގެ ޙަމަލާ އެއްގައި މަޖީދު ޚާދީމީ ވެސް އަވަހާރަ ކޮށްލި ނުވަތަ ޝަހީދު ކޮށްލިއެވެ.

މީގެ އިތުރުން ދެން ޝަހީދުކޮށްލި ނުވަތަ އަވަހާރަ ކޮށްލާފައިވާ މުހިއްމު ބޭކަލުންގެ ތެރޭގައި ޞަލާޙް އަސަދީ އާއި މުޙައްމަދު ޝީރާޒީ އާއި ޙުސައިން ޖަބަލް އަމަލިޔާން އާއި ރިޟާ މުޟައްފަރީ ނިޔާ ހިމެނެއެވެ. މީގެތެރެއިން ގިނަ ބޭފުޅުންގެ ދުވަސް ދުއްވައިލީ ފެބުރުއަރީ 28 ގައެވެ.

މި ހުރިހާ ބޭކަލުންގެ ފުރާނަ ދުއްވާލައިގެން ވެސް އީރާނު މަތަނުވިއެވެ. އީރާނު ދިޔައީ ސާބިތު ކަމާއި އެކު ހަނގުރާމަ ކުރަމުންނެވެ. މެދުއިރުމައްޗާއި ޤަލްފުގައިވާ އެމެރިކާގެ މުހިއްމު މަރުކަޒުތަކަށް ޙަމަލާދީ އަދި އިސްރާއީލުގެ އެކި ތަންތަނަށް ޙަމަލާދީ އެތައް ހާސް ބަޔަކު ޒަޚަމްކޮށް މަރައިލިއެވެ. ޤަލްފުގައިވާ އެމެރިކާގެ ޕަޕެޓު ޢަރަބި ވެރިންނަށް ވެސް ނޮހޮރޮއްޕާނުކޮށް، އެ ޤައުމުތަކުގެ އަމާންކަން ނަގާލައި، އެންމެ ފަހުން ހުރްމުޒް ކަނޑުއޮޅި ވެސް ބަންދުކުރި ގޮތަށް ނުވެސް ހުޅުވިއެވެ. އެމެރިކާއިން އެވަރަށް އިންޒާރު ދީ އެތަން ނުހުޅުވައިފި ނަމަ “ނަރަކައަކަށް” އީރާނު ހަދާލާނަމޭ ބުނުމުން ވެސް އީރާނުން އެކަމަކަށް އިޖާބަ އެއް ނުދިނެވެ. ދުލެއް ނުދިނެވެ. އީރާނުން ގެންދިޔައީ ގޮތުގައި ހިފަހައްޓައި ކެނޑިނޭޅި ޙަމަލާތައް ދެމުންނެވެ.

ނަތީޖާ އަކަށް ވެގެން ދިޔައީ 40 ދުވަހުގެ މި ހަނގުރާމައިގައި އެމެރިކާއާއި އިޒުރޭލުގެ 200 އަށް ވުރެ ގިނަ ސިފައިން މަރުވެ 3،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، އެމެރިކާއާއި އިޒުރޭލުގެ ސާޅީހަކަށް މަތިންދާބޯޓުތަކާއި، ފަޔަރ ޖެޓުތަކާއި، ހެލިކޮޕްޓަރުތަކާއި، އެންމެ ޒަމާނީ 100 އަށް ވުރެ ގިނަ ޑްރޯން އާއި ދުނިޔޭގައިވާ އެންމެ މޮޅު ޑިފެންސް ނިޒާމް ކަމަށް ބުނާ ޕެޓްރިއޮޓް އެއާ ޑިފެންސް ބެޓެރީތަކާއި ލޯންޗް ޕްލެޓްފޯމްތައް މުޅިން ނެތިގެން ދިޔުމެވެ.

މުޅި ދުނިޔޭގެ ކުރިމަތީގައި ސުޕަ-ޕަވަރޭ ކިޔައިގެން އުޅޭ އެމެރިކާ އާއި ދެކޮޅަށް ނިއުކްލިއާ ތިންބާރު ކަމަށްވާ ރަޝިޔާ، ޗައިނާ، ފުރާންސު ވެސް އދ.ގެ ސެކިއުރިޓީ ކައުންސިލުގައި އެރީ އީރާނާއި އެއްކޮޅަށެވެ. މެދުއިރުމައްޗާއި ޤަލްފުގައި ތިބި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރު ތަކާއި އަސްކަރީ މަރުކަޒުތަކާއި ދެކޮޅަށް އީރާނުން 40 ދުވަސް ވަންދެން އެ ކުޅެލި ގޭމު ނިންމައިލީ ހަމަ ޙަޤީޤަތުގައި ވެސް “ބޮނދުބުޑަށް ސައި” ކިޔައި މޮޅުވެގެން ކަމަށް އީރާނުން ދެކެއެވެ.

ހަނގުރާމައީރާންއީރާން - އެމެރިކާއީރާން ކްރައިސިސް 2026މެދުއިރުމަތި
Ad
Ad

ގުޅޭ ޚަބަރުތައް

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ ބެހި ކަމަށް ބުނާ ވާހަކަ ޝުޖާއު ދޮގުކޮށްފި

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕަށް ފައިސާ އެއް ނުބަހާ: ޝުޖާއު

7 ގަޑިއިރު ކުރިން - 00:50

ތޫނު އެއްޗަކުން ހަމަލާދީ ގެމަނަފުށީގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ ގެމަނަފުށީގައި ބިދޭސީއަކު ޒަހަމްކޮށްލައިފި

8 ގަޑިއިރު ކުރިން - 00:39

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

10 ގަޑިއިރު ކުރިން - 22:50

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

12 ގަޑިއިރު ކުރިން - 20:48

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

ނާޒިމް ވަކިކުރަން މާދަމާ ހެނދުނަށް އެޖެންޑާކޮށްފި

14 ގަޑިއިރު ކުރިން - 18:38

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

14 ގަޑިއިރު ކުރިން - 17:51

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%