ރަޝިޔާ އާއި ޔުކްރޭނާއި ދެމެދު މަރުވެފައިވާ ހަނގުރާމަވެރިންގެ ހަށިގަނޑުތަކެއް ބަދަލު ކޮށްފިއެވެ. ޔުކްރޭނުގައި ރަޝިޔާއިން ޑިމާންޑް ކުރީ އެ ޤައުމުގެ 41 (އެކާޅީސް) ސިފައިންގެ ހަށިގަނޑު ޙަވާލުކުރުމަށެވެ. ބަދަލުގައި ޔުކްރޭނު ހަނގުރާމަވެރިންގެ 1000 ހަށިގަނޑު ޙަވާލުކުރާ ގޮތަށެވެ.
2024 ވަނަ އަހަރުން ފެށިގެން ދެގައުމުން ވެސް އެތައް ފަހަރަކު ހަށިގަނޑުތައް ބަދަލުކޮށްފައި ވެއެވެ.
ފާއިތުވި ހަފްތާގައި ދުނިޔޭގެ ސަމާލުކަން މެދުއިރުމައްޗަށް ބަދަލުވި ނަމަވެސް ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމަތައް ވަނީ ވަރުގަދަ ވެފައެވެ.
ރަޝިޔާގެ ސިފައިން ވަނީ ފްރަންޓްގައި ކުރިއަށް ގެންދިޔަ ޙަމަލާތަކުގެ ތެރޭގައި ޔޫކްރޭންގެ ދެކުނުގެ އާންމު ސަރަޙައްދުތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތައް ދީފައެވެ.
މިދިޔަ މަހުގެ ތެރޭގައި ރަޝިޔާ ސިފައިން ވަނީ ޔޫކްރޭންގެ ބިމުން އިތުރު ބައިތަކެއް ވެސް ހިފާފައެވެ.










