Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެސްޓީއޯ ރަމަޒާން ބާޒާރުގެ ލަކީޑްރޯ ނަގައި، 1 ލައްކަ ރުފިޔާގެ ނަސީބުވެރިޔާ ހޮވައިފި

މުހައްމަދު ޖަމްޝަތު
197 ދުވަސް ކުރިން - 9 އޭޕްރިލް 2026 16:30
އެސްޓީއޯ އިން މި އަހަރުގެ ރަމަޟާން މަހާ ގުޅިގެން ބޭއްވި މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ---ފޮޓޯ: އެސްޓީއޯ

ޚުލާސާ

100,000 ރުފިޔާގެ މި އަގުހުރި އިނާމުގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ ހުސައިން އަމްޖަދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ރަމަޒާން ބާޒާރު 2026ގެ ނަސީބުވެރި ފަރާތް ހޮވުމަށް ބޭއްވި ލަކީ ޑްރޯ ނަގައިފިއެވެ.

މި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ 31 މާޗު 2026 ވީ އަންގާރަ ދުވަހު، އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އައުޓްލެޓްގައެވެ. މި ލަކީ ޑްރޯގައި އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ 100,000 ރުފިޔާގެ ބޮޑު އިނާމު ލިބޭ ނަސީބުވެރި ފަރާތް ވަނީ ހޮވާފައެވެ. މި އަގުހުރި އިނާމުގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ ހުސައިން އަމްޖަދެވެ.

އެސްޓީއޯ އިން މި އަހަރުގެ ރަމަޟާން މަހާ ގުޅިގެން ބޭއްވި މި ޕްރޮމޯޝަން ކުރިއަށް ދިޔައީ 15 ޑިސެމްބަރު 2025 އިން ފެށިގެން 18 މާޗު 2026 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ވިއްކާ ގިނަ އުފެއްދުންތަކަކުން ކަސްޓަމަރުންނަށް ވަނީ ބޮޑެތި ޑިސްކައުންޓްތަކެއް ދީފައެވެ.

Advertisement

Advertisement 1

މި ޕްރޮމޯޝަންގެ ދަށުން އާއްމުންގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީ، ފިލިޕްސް އަދި ރަސެލްސް ހޮބްސް ފަދަ ބްރޭންޑުތަކުގެ ގޭތެރޭގައި ބޭނުންކުރާ ސާމާނުން ހާއްސަ އަގުތަކެއް ވަނީ ހަމަޖައްސާފައެވެ. މިއީ ރަމަޟާން މަހާ ދިމާކޮށް ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެސްޓީއޯއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް މިފަދަ އަގުހުރި ޕްރޮމޯޝަންތައް ބާއްވަމުންދެއެވެ. މި ޕްރޮމޯޝަންތަކުގެ މައިގަނޑު މަގްސަދަކީ ރޯދަ މަހާ ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

52 ދުވަސް ކުރިން - 15:54

ދަތިކަމެއް ނެތި ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި

57 ދުވަސް ކުރިން - 14:05

އެސްޓީއޯ ހެލްތ ކެއަރއިން ސްކޭން މޮޑެލްތަކެއް ތައާރަފް ކޮށްފި

64 ދުވަސް ކުރިން - 12:23

ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޭޑީބީއާއެކު 50 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

67 ދުވަސް ކުރިން - 21:15

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

73 ދުވަސް ކުރިން - 10:46

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފި

133 ދުވަސް ކުރިން - 13:57