Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާޅޮހުން ފެނުނީ ސިޔާސީ އިންގިލާބެއް: 17 އަހަރުގެ ބާރުވެރިކަން ފުނޑުފުނޑު!

މާޅޮހުން ފެނުނީ ސިޔާސީ އިންގިލާބެއް: 17 އަހަރުގެ ބާރުވެރިކަން ފުނޑުފުނޑު!

މުހައްމަދު ޖަމްޝަތު
153 ދުވަސް ކުރިން - 9 އޭޕްރިލް 2026 16:22
ބ. މާޅޮހު ކައުންސިލުގެ އިންތިހާބީ ރައީސް މުޙައްމަދު ތޯރިޤް ޢަބްދުއްރައްޒާޤް (މ) އާއި މެމްބަރުން---
ބ. މާޅޮހު ކައުންސިލުގެ އިންތިހާބީ ރައީސް މުޙައްމަދު ތޯރިޤް ޢަބްދުއްރައްޒާޤް (މ) އާއި މެމްބަރުން---
ޚުލާސާ

2009 އިން ފެށިގެން މާޅޮސް ކައުންސިލުގެ ގޮނޑިތައް ކާމިޔާބު ކުރަމުން އައި އެމްޑީޕީއަށް ނިމިދިޔަ އިންތިހާބުގައި އެންމެ ގޮނޑިއެއްވެސް ނުލިބޭ. ރަށުގެ ސުޕަ މެޖޯރިޓީ ނެގީ ޕީއެންސީން

ބ. މާޅޮހުގެ ސިޔާސީ ޗާޓު ބަދަލުކޮށްލައި، ވޭތުވެދިޔަ 17 އަހަރު ދުވަހު އެ ރަށުގައި އޮތް އެމްޑީޕީގެ ސިޔާސީ ބާރުވެރިކަން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަތުލައިފިއެވެ.

ލާމަރުކަޒީ ނިޒާމު ފެށުނީއްސުރެ އިދިކޮޅު އެމްޑީޕީގެ ބާރުގެ ދަށުގައި އޮތް މި ރަށުގެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބުކުރުމަކީ އެ ރަށުގެ ސިޔާސީ މިސްރާބަށް އައި ބޮޑު ބަދަލެކެވެ.

މިފަހަރުގެ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ކައުންސިލްގެ ތިން ގޮނޑިވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެގޮތުން ކައުންސިލް ރައީސްގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ތޯރިޤް ޢަބްދުއްރައްޒާޤް (ތޮރޭ) އެވެ. ތޮރޭ މި ގޮނޑި ކާމިޔާބުކުރީ 256 ވޯޓު ހޯދައިގެންނެވެ. މިއީ ރަށުގެ ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތެކެވެ.

Advertisement

Advertisement 1

ކައުންސިލްގެ އާންމު މެމްބަރުގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް ސާފީ ޙަސަންއެވެ. ސާފީ ވެސް ގޮނޑި ކާމިޔާބުކުރީ 256 ވޯޓު ހޯދައިގެންނެވެ. ކައުންސިލް ރައީސްއާ އެއް ވަރެއްގެ ވޯޓު ސާފީއަށް ލިބުމުން ދައްކައިދެނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ރައްޔިތުންގެ ތާއީދު ލިބިފައި ވާ މިންވަރެވެ.

ކައުންސިލްގެ އަންހެން މެމްބަރުގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް ދީނާ ޢަލީއެވެ. ދީނާ ގޮނޑި ނެގީ 252 ވޯޓު ހޯދައިގެންނެވެ. ތިން ގޮނޑީގެ ނަތީޖާއަށް ބަލާއިރު، ޕީއެންސީގެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ ފަރަގު ވަރަށް ކުޑައެވެ. މިކަމުން ދައްކައިދެނީ ޕީއެންސީގެ ޓީމަށް ރައްޔިތުން ދިން ތާއީދުގައި އެއްގޮތް ކަމެއް ހުރި ކަމެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް މީގެ ތެރެއިން އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ކައުންސިލްގެ އިތުރުން މާޅޮހު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވެސް ޕީއެންސީން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ކޮމިޓީގެ ރައީސްގެ ގޮނޑިއާއި ކޮމިޓީގެ މެމްބަރުގެ ގޮނޑިއެއް ޕީއެންސީން ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ކޮމިޓީން އެމްޑީޕީއަށް އެންމެ ގޮނޑިއެއް ވެސް ލިބިފައެއް ނުވެއެވެ. ކޮމިޓީގެ ބާކީ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓެކެވެ.

17 އަހަރަށް ވުރެ ގިނަ ދުވަހު މާޅޮހުގެ ކައުންސިލް ކޮންޓްރޯލް ކުރި ޕާޓީއެއް، އެންމެ ގޮނޑިއެއް ވެސް ނުލިބި ބަލިވެގެން ދިޔުމުން ފެނިގެން ދަނީ ރައްޔިތުންގެ ވިސްނުމާއި ސިޔާސީ މިޞްރާބު ބަދަލުވެފައިވާ މިންވަރެވެ.

މާޅޮހުގެ ސިޔާސީ މަސްރަހަށް މިފަދަ ބޮޑު ބަދަލެއް އައުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، މިހާރުގެ ސަރުކާރުގެ ތެރެއިން ރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށްދާނެ ކަމުގެ އިތުބާރު ރައްޔިތުންނަށް އޮތުމެވެ.

މާޅޮހުން ފެނިގެންދިޔަ މި ނަތީޖާއަކީ ރާއްޖޭގެ ރަށްރަށުގެ ސިޔާސީ މިސްރާބު މިހާރުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ބަދަލުވަމުންދާ ކަމުގެ ވަރުގަދަ ނިޝާނެކެވެ.

ޕީއެންސީސިޔާސީލޯކަލް ކައުންސިލް އިންތިޚާބުބ. މާޅޮސް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

3 ދުވަސް ކުރިން - 08:40

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

9 ދުވަސް ކުރިން - 23:49

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

11 ދުވަސް ކުރިން - 08:31

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

22 ދުވަސް ކުރިން - 12:53

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

ސިޔާސީ މަގާމުތައް މަދުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

22 ދުވަސް ކުރިން - 11:07

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

34 ދުވަސް ކުރިން - 13:30