Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފީއަލީ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި ނުރައްކާތެރި އަލިފާންގަނޑު ނިއްވާލައިފި

ފީއަލީ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި ނުރައްކާތެރި އަލިފާންގަނޑު ނިއްވާލައިފި

އައިޝަތު ރުވާ ރިފްޢަތު
54 ދުވަސް ކުރިން - 9 އޭޕްރިލް 2026 11:26
ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ މަންޒަރު. / ފޮޓޯ: އެމްއެންޑީއެފް
ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ މަންޒަރު. / ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

ސިފައިންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިއަދު ހެނދުނު 10:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނޭ.

ފ. ފީއަލީ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު ރޯވި ބޮޑު އަލިފާންގަނޑު، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ޓީމުން އެއްކޮށް ނިއްވާލައިފި އެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ބޯޓުގައި އަލިފާން ރޯވާން ފެށީ ހެނދުނު 9 ޖަހާކަން ހާއިރު އެވެ.

މި ހާދިސާ ހިނގުމާއެކު، އަލިފާންގަނޑު ކޮންޓްރޮލް ކުރުމަށްޓަކައި އެމްއެންޑީއެފް ނިލަންދޫ ފަޔަރ ސްޓޭޝަނާއި ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ރަށަށް ގޮސް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ސިފައިންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިއަދު ހެނދުނު 10:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement

ފީއަލީގައި ޕެޓްރޯލް ޝެޑެއްގެ ގޮތުގައި ބޭނުންކުރާ މި ބޯޓުގައި ރޯވި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިގެން ދިޔަ އެވެ. މިގޮތުން، އެ ސަރަހައްދުގައި އޮތް އިތުރު ތިން ދޯންޏަކަށާއި، އެ ރަށު އައިސްޕްލާންޓަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މި ހާދިސާގައި ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން، މިހާރު ދަނީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.

މި ބޯޓުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފ. ފީއަލިއަލިފާން

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

4 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

14 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

17 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

1 ދުވަސް ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

1 ދުވަސް ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

1 ދުވަސް ކުރިން - 11:51

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%