Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައިޝްވާރިޔާ އާއެކު ރެޑް ކާޕެޓަށް އެރުމަކީ ބިރުވެރި ކަމެއް: އަބީޝެކް

އައިޝްވާރިޔާ އާއެކު ރެޑް ކާޕެޓަށް އެރުމަކީ ބިރުވެރި ކަމެއް: އަބީޝެކް

އައިޝަތު ރުވާ ރިފްޢަތު
139 ދުވަސް ކުރިން - 11 އޭޕްރިލް 2026 23:38
އަބީޝެކް ބަޗަން، އޭނާގެ އަންހެނުން އައިޝްވާރިޔާ ރާއީ ބަޗަންއާ އާއި އެކު
އަބީޝެކް ބަޗަން، އޭނާގެ އަންހެނުން އައިޝްވާރިޔާ ރާއީ ބަޗަންއާ އާއި އެކު
ޚުލާސާ

އޭނާ މިގޮތަށް ހާސްވުމުގެ ސަބަބުން މޫނުމަތިން ފެންނަ ސީރިއަސްކަމުން ފޮޓޯގްރާފަރުންނަށް ވެސް ބައެއް ފަހަރު އޮޅުން އަރާ ކަމަށް އަބީޝެކް ފާހަގަކުރި.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަބީޝެކް ބަޗަން، އޭނާގެ އަންހެނުން އައިޝްވާރިޔާ ރާއީ ބަޗަންއާ އެކު ރެޑް ކާޕެޓްގައި ހިނގުމަކީ ބިރުވެރި ކަމެއް ކަމަށް ބެފި އެވެ.

ލިލީ ސިންގްގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން އަބީޝެކް ބުނީ، އައިޝްވާރިޔާއަކީ ރެޑް ކާޕެޓްގައި ވަރަށް ހުނަރުވެރި އަދި ފްރޮފެޝަނަލް މީހެއް ކަމަށެވެ. ނަމަވެސް އޭނާއާ އެކު އެފަދަ ބޮޑެތި އިވެންޓްތަކުގެ ރެޑް ކާޕެޓަށް އެރުމަކީ އޭނާއަށް ވަރަށް "ބިރުވެރި" ކަމެއް ކަމަށް އަބީޝެކް ސިފަކުރި އެވެ.

"އައިޝްވާރިޔާ ރެޑް ކާޕެޓުން ފެނިފައިވޭތަ؟ އޭނާ ރެޑް ކާޕެޓް މަތީގައި ހުއްޓާ ދެކުނިންތަ؟ އަހަރެން އެތަނަށް އެރުމުން ހީވަނީ 'ލަކުޑި ބުރިއެއް' ހެން. އަތް ބާއްވާނެ ގޮތެއް ނޭނގިގެން ވެސް، ވަރަށް އުނދަގޫ އިހުސާސްތަކެއް ކުރެވޭ،" އަބީޝެކް ބުންޏެވެ.

Advertisement

Advertisement 1

އަބީޝެކް އިތުރަށް ބުނެފައިވަނީ، އޭނާ މިގޮތަށް ހާސްވުމުގެ ސަބަބުން މޫނުމަތިން ފެންނަ ސީރިއަސްކަމުން ފޮޓޯގްރާފަރުންނަށް ވެސް ބައެއް ފަހަރު އޮޅުން އަރާ ކަމަށެވެ. އެގޮތުން އެއް ފަހަރަކު ފޮޓޯގްރާފަރަކު އޭނާ ކައިރީގައި ކުރެވުނީ ކޮން ކުށެއްތޯ އާއި، ކީއްވެތޯ ތިހާ ބޮޑަށް ރުޅި އައިސްފައި ތި ހުންނަނީ އެހި ކަމަށް ވެސް އޭނާ ކިޔައިދިނެވެ. ނަމަވެސް އެއީ ރުޅި އައުން ނޫން ކަމަށާއި، އެއީ އެ ވަގުތު ހާސްވެފައި ހުރުމުން މޫނުމަތިން ފެނުނު އަސަރެއް ކަމަށް އޭނާ ބުންޏެވެ.

އާއިލީ ދިރިއުޅުމާ ބެހޭގޮތުން ވާހަކަދައްކަމުން އަބީޝެކް ބުނީ، ގޭތެރޭގައި ވަކި ކަމެއް ކުރަން ޖެހޭނީ އަންހެނުން ނުވަތަ ފިރިހެނުން ކަމަށް ބުނެ ވަކި ރޯލުތަކެއް ކަނޑައަޅާފައި ނޯންނާނެ ކަމަށެވެ. އަދި އެ ދެމަފިރިން އަބަދުވެސް ބޭނުންވަނީ އަމަލުން ދަރިފުޅަށް ރީތި ނަމޫނާއެއް ދައްކަން ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑު ކަމަށްވާ އަބީޝެކް އާއި އައިޝްވާރިޔާ ކައިވެނިކުރީ 2007 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިހާތަނަށް ވެސް އެ ދެމަފިރިން ފެންނަނީ ވަރަށް ގުޅޭ ދެމަފިރިންގެ ގޮތުގަ އެވެ.

ބޮލީވުޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

ޖުނައިދު އާއި ސައި ޕައްލަވީގެ ފިލްމު "އޭކް ދިން" އެމެޒޯން ޕްރައިމްއަށް

39 ދުވަސް ކުރިން - 20:37

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

އާވާރާޕަންގެ ދެވަނަ ބައިގެ ފޯރިގަދަ ޓީޒާ އާންމުކޮށްފި

57 ދުވަސް ކުރިން - 13:17

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

"ދުރަންދަރު: ދަ ރިވެންޖު" ނެޓްފްލިކްސްއަށް

102 ދުވަސް ކުރިން - 14:37

އަކްޝޭގެ 'ބޫތު ބަންގްލާ' ބޮކްސް އޮފީހުގައި ރަސްކަން ކުރަނީ: 10 ދުވަހުން 150 ކްރޯޑްގެ ރެކޯޑް އާމްދަނީއެއް

'ބޫތު ބަންގްލާ'އަށް 150 ކްރޯޑްގެ އާމްދަނީއެއް ލިބިއްޖެ

123 ދުވަސް ކުރިން - 23:08

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބޭކަމުގެ އުފާވެރި ހަބަރު ދީފި

ދީޕިކާ އާއި ރަންވީރަށް ދެވަނަ ކުއްޖަކު ލިބެނީ

131 ދުވަސް ކުރިން - 23:38

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާ އަރުޖުންތަ؟

މަދޫބާލާގެ ބަޔޮޕިކްގެ ލީޑު ރޯލަށް ކުޅެނީ ސާރާތަ؟

138 ދުވަސް ކުރިން - 23:00