އެމެރިކާ އާއި އީރާނާއި ދެމެދު އިއުލާންކުރި ދެ ހަފްތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އެކު ވެސް، ލުބުނާނަށް ބޮން އަޅާނެ ކަމުގެ ނުސީދާ އިންޒާރެއް ހައްދުފަހަނަ އެޅި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވައިފިއެވެ.
ނަތަންޔާހޫ ވިދާޅުވީ އީރާނަށް ދޭ ޙަމަލާތައް ވަގުތީ ގޮތުން މަޑުޖައްސާލަން އިސްރާއީލުން ވެސް ޤަބޫލު ކަމަށާއި، ނަމަވެސް ދާއިމި ކޮށް ހަނގުރާމަ ހުއްޓާލުމަށް ތެހެރާނުން ކަނޑައެޅި ޝަރުޠު ތަކުގެ ތެރޭގައި ލުބުނާނު ހިމެނޭތީވެ، އެކަން ބަލައި ނުގަންނާނެ ކަމަށެވެ. ސަބަބަކީ އެމެރިކާ-އީރާނު ހަނގުރާމައިގެ ސަބަބަކަށް ލުބުނާނުގެ ޙިޛްބުالله ވެގެން ނުވަނެ ކަމަށެވެ.
މަސްދަރުތައް ބުނާ ގޮތުގައި މި ހަނގުރާމަ ހުއްޓާލުމަށް ތެހެރާނުން ކަނޑައެޅި ޝަރުޠު ތަކާއި ޚިލާފަށް ލުބުނާން ބާކީ ކޮށްފި ކަމުގައި ވަނީ ނަމަ އަނެއްކާ ވެސް އިޒުރޭލަށް ޙަމަލާ ދިނުމަކީ ވުން ގާތް ކަމެކެވެ.
މުޙައްލިލުން ބުނަނީ ނަތަންޔާހޫ ހުރީ އީރާނާއި އެކު ޞުލްޙަ ވާކަށް ނޫން ކަމަށާއި، ނަމަވެސް ޓްރަމްޕުގެ އެޑްވައިޒަރުންގެ ލަފާފުޅައި އެކު ތެހެރާނާއި ޞުލްޙަ ވުމަށް އެމެރިކާ އިން ނިންމުމުން އެކަމަށް ނަތަންޔާހޫ އެއްބަސް ވީ އެވެ. އަދި އީރާނަށް އިޒުރޭލުން ޙަމަލާ ނުދިން ކަމުގައި ވިޔަސް، ޙިޛްބުالله އަށް އިޒުރޭލުން ޙަމަލާ ދީފި ނަމަ އަލުން ހަނގުރާމަ ފެށިދާނެ ކަމަށާއި، ސަބަބަކީ ނަތަންޔާހޫ ހުންނެވީ ސީދާ ޞުލްޙަ ވާން ނޫން ކަމަށް ވާތީއެވެ.










