Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފި

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފި

މުހައްމަދު ޖަމްޝަތު
155 ދުވަސް ކުރިން - 7 އޭޕްރިލް 2026 16:09
ބީއެމްއެލް) އިން އިސްނަގައިގެން އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ވަނީ ތަރައްގީކޮށްފަ---ފޮޓޯ: ބީއެމްއެލް
ބީއެމްއެލް) އިން އިސްނަގައިގެން އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ވަނީ ތަރައްގީކޮށްފަ---ފޮޓޯ: ބީއެމްއެލް
ޚުލާސާ

ބީއެމްއެލް އިން މީގެ ކުރިންވެސް އެކި ސްކޫލުތަކުގެ ސެން ކްލާސްރޫމްތައް ތަރައްގީކުރުމަށާއި ބޭނުންވާ އާލާތްތައް ހޯދުމަށް ގިނަ އެހީތެރިކަން ފޯރުކޮށްދީފައިވޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން އަމީނިއްޔާ ސްކޫލުގައި "އައިވޮންޑާ" ގެ ނަމުގައި ސެންސަރީ ކުލާހެއް ތަރައްގީކޮށްފިއެވެ. 

މިއީ ބޭންކުން އިސްނަގައިގެން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ. މި ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުން އުނގެނުމަށް ފަހި ތަނެއްގެ ގޮތުގައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކްލާސް މަރާމާތުކުރުމާއި ބޭނުންވާ ހުރިހާ ސަމާނު ފޯރުކޮށްދީފައިވަނީ ބޭންކުންނެވެ. އެގޮތުން ކްލާސްރޫމަށް މުހިންމު ބަދަލުތައް ގެނެސް، ދަރިވަރުން އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ހާއްސަ ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ. އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި މިހާރުވެސް 170 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެއެވެ.

Advertisement

Advertisement 1

ބޭންކް އޮފް މޯލްޑިވްސް އިން މީގެ ކުރިންވެސް އެކި ސްކޫލުތަކުގެ ސެން ކްލާސްރޫމްތައް ތަރައްގީކުރުމަށާއި ބޭނުންވާ އާލާތްތައް ހޯދުމަށް ގިނަ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިގޮތުން އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ސަލާހުއްދީން ސްކޫލް، ވޭމަންޑޫ ސްކޫލު އަދި ގާފަރު ސްކޫލްގެ ސެން ކްލާސް ތަރައްގީކުރުމަށް ބޭންކުން ވަނީ އެހީތެރިވެފައެވެ.

މީގެ އިތުރުން، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 އަށް ވުރެ ގިނަ ސްކޫލްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައިވާކަން ފާހަގަކުރެވެއެވެ. ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ބީއެމްއެލްއިން އަބަދުވެސް ހާއްސަ އިސްކަމެއްދޭ ކަމެކެވެ.

ބީއެމްއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

16 ދުވަސް ކުރިން - 14:50

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

22 ދުވަސް ކުރިން - 08:48

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

26 ދުވަސް ކުރިން - 20:27

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

33 ދުވަސް ކުރިން - 14:26

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

36 ދުވަސް ކުރިން - 13:46

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

40 ދުވަސް ކުރިން - 19:04