Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ: ރައީސް

ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ: ރައީސް

މުހައްމަދު ޖަމްޝަތު
144 ދުވަސް ކުރިން - 7 އޭޕްރިލް 2026 12:35
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް މައުލޫމާތަށް އިސްކަންދޭ ކަމަށް

ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައިންޓިފިކް އެއްބާރުލުން މުހިންމު ކަމަށެވެ. އަދި ސިއްހީ ސިޔާސަތުތަކާއި ފިޔަވަޅުތަކަކީ ސާބިތުވެފައިވާ ސައިންސްގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމުގައި ހެދުމަށްޓަކައި، ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ވަރުގަދަކޮށް، "ވަން ހެލްތު" ސިޔާސަތުގެ އަސާސަކީ ސައިންސްގެ މައްޗަށް ބިނާވެފައިވާ ގޮތްތައް ކަމުގައި ވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. "ވަން ހެލްތު" އަކީ އިންސާނުންނާއި، ޖަނަވާރުންނާއި، ތިމާވެށީގެ ދުޅަހެޔޮކަމަކީ އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންކަން ކަމަށް ދެކިގެން މަސައްކަތް ކުރާ ސިޔާސަތެއްކަން އެމަނިކުފާނު ބަޔާންކޮށްދެއްވިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ސިޔާސަތުތައް އެކުލަވާލުމުގައި ސައިންޓިފިކް މައުލޫމާތަށް އިސްކަންދޭ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފުޅާކޮށް، ސިއްހީ މައުލޫމާތު ފޯރުކޮށްދޭ ނިޒާމުތައް ލާމެހިގެންދާނެ ގޮތް ހަދައި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކާއި ބަލިތައް އަވަހަށް ދެނެގަތުމަށް ބާރުއަޅައި، ފައިދާހުރި ފަރުވާގެ ހިދުމަތްތައް ކަށަވަރުކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓް ނިންމަވާލެއްވީ، ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބާގައި އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ވިދާޅުވަމުންނެވެ. އަދި މިއަހަރުގެ ޝިއާރު ކަމުގައިވާ، "ސިއްހަތަށްޓަކައި އެކުގައި، އަދި ސައިންސާ އެކު ސާބިތުވެ ތިބުމަށް" މި ޝިއާރުގެ ދަށުން މަސައްކަތް ކުރުމަށް އަޒުމު ކަނޑައެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަނީ 1948 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އުފެދުނު މުނާސަބަތާ ގުޅުވައިގެން، ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ ސިއްހީ އެކި މައުޟޫއުތަކަށް އާންމުން ހޭލުންތެރިކުރުވައި، އެންމެހައި މީހުންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ހަމަހަމަކަމާއެކު ލިބިދިނުމަށް ބާރުއެޅުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސިއްހަތުސިއްހީ ދާއިރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

7 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

14 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02