މާލޭގެ މަގެއްގެ މަތީގައި ހަބަރު ހުސްވެފައި އޮތް ބިދޭސީއަކު ފެނިގެން، ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ އިރުއޮއްސި 18:18 އެހައިކަންހާއިރުއެވެ. އެ ސަރަހައްދަށް ފުލުހުން ދިޔައިރު، އެ މީހާ އޮތީ އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައިވާ ހާލަތެއްގައެވެ.
މި ހާދިސާގައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ ފެނުމާއެކު ފުލުހުންގެ އެހީތެރިކަމާއެކު ވަގުތުން އައިޖީއެމްއެޗަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.









