
ޓްެރަމްޕުގެ އިންޒާރު
ހުތްމުޒް ކަނޑުއޮޅި އަންގާރަ ދުވަހަށް ނުހުޅުވައިފި ނަމަ އީރާނުގެ ހަކަތަ އަށާއި ބްރިޖުތަކަށް ޙަމަލާދީ އީރާން “ފަށްފަށް”ޖަހާލާނެ ކަމަށް ބުނެ ޓްރަމްޕް ދެއްވި އިންޒާރާއި ގުޅިގެން، އެކަމަށް ޢަމަލު ނުކުރަން އީރާނުން ނިންމައިފިއެވެ.
އަންގާރަދުވަހަށް ހުރްމުޒް ނުހުޅުވައިފިނަމަ އީރާން ނަރަކައަކަށް ހަދާލާނަމޭ ބުނެ ޓްރަމްޕް އިންޒާރު ދެއްވުމުން، އީރާނުން ބުނީ ހުރްމުޒް ނުހުޅުވާނެ ކަމަށާއި، މެދުއިފުމައްޗާއި ޤަލްފުގައިވާ އެމެރިކާގެ ބޭސްތަކަށް ވަރުގަދަ ޙަމަލާތައް ދިނުމުގައި ސާބިތު ކަމާއި އެކު ދެމިތިބޭނެ ކަމަށެވެ.
ޓްރަމްޕް އިންޒާރު ދީފައި ވަނީ އަންގާރަ ދުވަހުގެ 8 ޖަހަންވާއިރަށެވެ. އެއީ ރާއްޖޭގެ ގަޑިން ބުދަ ދުވަހު ފަތިހު 5 ޖަހާއިރަށެވެ.










