ހައްދުފަހަނައަޅާފައިވާ އިޒުރޭލުގެ ސިފައިން ލުބުނާނުގެ ޙިޛްބުﷲގެ ބާރު ކަނޑުވާލުމަށް ދެމުންދާ ޙަމަލާތަކުގައި މާޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު 1،461 އަށް އަރައި، އިތުރު 4،430 މީހުން ޒަޚަމްވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް 39 މީހުން މަރުވެ 136 މީހުން ޒަހަމް ވެފައިވާ ކަމަށް ވެސް ލުބުނާނުން ބުނެއެވެ.
އިޒުރޭލުގެ ޙަމަލާތަކުގައި ލުބުނާނުގެ 54 ޞިއްޙީ ޚިދުމަތްތެރިން ވެސް މަރުވެފައި ވާއިރު، އިތުރު 145 މީހަކު ވަނީ ޒަޚަމް ވެފައެވެ.

މިއީ މީގެ ކުރިން އިޒުރޭލުން ލުބުނާނަށް ދިން ޙަމަލާތަކުގައި ލިބިފައިވާ ގެއްލުންތައް ދައްކުވައިދޭ ތަސްވީރެއް (ބީބީސީ)










