އިންސާނީ އެހީގެ ސާމާނު އުފުލާ ހުރިހާ އުޅަނދުފަހަރަށް ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އީރާނުން ނިންމައިފިއެވެ.
ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އުފުލާ އުޅަނދުފަހަރަށް މި ހުއްދަ ދިނުމަށް އީރާނުން ނިންމި އިރު މީގެ ތެރޭގައި އެމެރިކާ އަދި އިޒްރޭލާ ގުޅުން އޮންނަ އުޅަނދުފަހަރު ވެސް، އެ އުޅަނދުފަހަރުގައި ހުރީ އިންސާނީ އެހީގެ ތަކެތި ކަމަށްވާނަމަ، ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ނިންމުމަކީ ސަރަޙައްދީ ހަމަނުޖެހުންތަކުގެ ތެރޭގައި އިންސާނީ އެހީ ބޭނުންވެފައިވާ ފަރާތްތަކަށް އެ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އީރާނުން ނިންމި ނިންމުމެކެވެ.
ހުރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ، މުހިންމު ސަރަޙައްދެކެވެ.










