އިޒުރޭލާއި ދިމާލަށް ދަތުރުކުރާ މިސައިލް ތަކަށް ވުރެ އީރާނާއި ދިމާލަށް މިވަހުތު ދަތުރުކުރަމުންދާ މިސައިލްތައް ގިނައެވެ. ޒައެނިސްޓް ފޯސް އިން ގެންދަނީ އީރާނުގެ މަދުވެގެން 8 ޕްރޮވިންސަކަށް މި ވަގުތު ހަމަލާ ދެމުންނެވެ.

މަސްދަރުތައް ބުނާ ގޮތުގައި މިވަހުތު އީރާނުގެ ޤުމް ޕްރޮވިންސް، ފާރސް ޕްރޮވިންސް، މަޒާންޑަރަން ޕްރޮވިންސް، ކަރްމަން ޕްރޮވިންސް، ސަމްނާން ޕްރޮވިންސް، ބުޝެހްރު ޕްރޮވިންސް، ޔަޒްދު ޕްރޮވިންސް، ތެހެރާން ޕްރޮވިންސް އަދި ޤާޒްވީން ޕްރޮވިންސަށް މިސައިލް ހަމަލާތައް އެބަ ދެއެވެ.

މި ޙަމަލާތަކުގެ ސަބަބުން މީހަކު މަރުވި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

އީރާނުން ވެސް ގެންދަނީ ހުއްޓުމެއް ނެތި އިޒުރޭލަށް ހަމަލާ ދެމުންނެވެ.

މި ވަގުތު ވެސް ހިފާފައިވާ ސަރަހައްދަށް އީރާނުގެ މިސައިލްތައް އެބަ ދަތުރު ކުރެއެވެ.