Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އައްޑޫގައި ހިތުގެ ބަލިތަކުގެ މުހިންމު ފަރުވާތަކެއް ދޭން ފަށައިފި

އައްޑޫގައި ހިތުގެ ބަލިތަކުގެ މުހިންމު ފަރުވާތަކެއް ދޭން ފަށައިފި

ހައްވާ މިރުފާ
103 ދުވަސް ކުރިން - 3 އޭޕްރިލް 2026 14:07
އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާދޭން ފެށުން---ފޮޓޯ:އައިޖީއެމްއެޗް
އައްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާދޭން ފެށުން---ފޮޓޯ:އައިޖީއެމްއެޗް
ޚުލާސާ

އައްޑޫގައި ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާގެ ހިދުމަތް،ޖުމްލަ 11 އެންޖިއޯގްރާމް އާއި ހަ އެންޖިއޯޕްލާސްޓީ ހެދޭނެ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައިހިތުގެ ހިތުގެ ބަލިތަކަށް ބޭނުންވާ މުހިއްމު ފަރުވާތަކެއް ދޭން ފަށައިފި އެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް، އޭއީއެޗް އާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން ދަތުރުތަކެއް ކޮށްފައިވާ ކަމަށެވެ. އެނާ ވިދާޅުވީ ރާއްޖޭގެ ދެކުނަށް ކުރި ދަތުރތަކަކީ ހިތުގެ ބަލިތަކަށް ފަރުވާދިނުމުގައި، ތާރީހުގައި ފާހަގަކޮށްލެވޭ ވަރުގެ ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ.

އެގޮތުން އެ ދަތުރުގެ ތެރޭގައި ވަނީ ފުރަތަމަ ފަހަށް މާލޭގެ ބޭރުގައި ވަނީ "ޕްރައިމަރީ ޕީސީއައި" ނުވަތަ ހާޓް އެޓޭކް ޖެހޭ މީހުންނަށް ދޭ އަވަސް ފަރުވާގެ ހިދުމަތް ދެވޭ ގޮތަށް އައްޑޫގައި އެ މަސައްކަތް ފަށާފަ އެވެ. އަދި އެ ތަނުގައި ވަނީ ހިތުގެ މައްސަލަތަކަށް ބޭނުންވާ "އައިސީޑީ" އަދި "ޕާމަނަންޓް ޕޭސްމޭކާ" ލެއްވުމުގެ ހިދުމަތް ވެސް ތައާރަފުކޮށްފަ އެވެ. ޖުމްލަ 11 އެންޖިއޯގްރާމް އާއި ހަ އެންޖިއޯޕްލާސްޓީ ހެދުމުގެ އިތުރުން ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ފަރުވާތައް މިހާރު އައްޑު އިކުއިޓޯރިއަލް ހޮަސްޕިޓަލުން ލިބޭނެ އެވެެ.

Advertisement

Advertisement 1
ސިއްހީ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ފެއްޓެވި ކަމެއް މިއީ- ސީއީއޯ ހަލީމް

އޭގެ އިތުރުން އެ ހޮސްޕިޓަލުގައި ދާއިމީކޮށް ފެށި ސާޖަރީތަކާ ބެހޭގޮތުން މައުލޫމާތު ދެމުން އެ ހޮސްޕިޓަލުން ބުނީ އެފަދަ ކޭސްއެއް އައުމުން، މާލެއިން އެ ކަމަކަށް ހާއްސަ އޮޕަރޭޝަން ޑޮކްޓަރުން ވަޑައިނަވާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލްގައި ނުކުރެވޭ ފަދަ އޮޕަރޭޝަނެއް ނަމަ އެ މީހާކު މާލެ ގެންދާނެ ކަމަށާއި އަދި އެ މުއްދަތުގައި އެ ހޮސްޕިޓަލުގައި ފަރުވާދޭ ޑޮކްޓަރުން ވެސް އެފަދަ އޮޕަރޭޝަންތަކަށް ތަމްރީނު ކުރަމުންދާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

އައްޑޫ ސިޓީސިއްހީ ދާއިރާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

44 ދުވަސް ކުރިން - 01:55

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

50 ދުވަސް ކުރިން - 00:42

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވޯޓު ލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

ހިތަދޫ-އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި 4122 މީހުންނަށް ވޯޓުލެވޭނެ!

51 ދުވަސް ކުރިން - 14:14

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

އިތުރު 15 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ދެނީ

51 ދުވަސް ކުރިން - 10:58

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

އައްޑޫ ލިންކުރޯޑު މަރާމާތުކުރަން ސާމާނު ފޮނުވައިފި

51 ދުވަސް ކުރިން - 10:11

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސ. މީދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

51 ދުވަސް ކުރިން - 20:42