ސިޔާސީ ފިތުނަތައް އިތުރުވެ، ގައުމީ ސަލާމަތާ ބެހޭ ކަންބޮޑުވުންތައް ހިނގަމުންދާ ދަނޑިވަޅެއްގައި އެމެރިކާގެ ބަންޑާރަ ނައިބު ޕޭމް ބޮންޑީ މަޤާމުން ވަކިކުރައްވައިފިއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ އެކްޓިން އެޓާނީ ޖެނެރަލްގެ މަގާމަށް ޓޮޑް ބްލާންޗް އައްޔަން ކޮށްފައެވެ.

ބޮންޑީ މަގާމުން ވަކިކުރި މުހިންމު އެއް މައްސަލައަކީ ޖެފްރީ އެޕްސްޓީންއާ ގުޅުން ހުރި ތަހުގީގުތައް ބެލެހެއްޓި ގޮތާ މެދު ޓްރަމްޕު ހިތްހަމަ ނުޖެހުމެވެ.

މީގެ އިތުރުން ސިޔާސީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގައި ބޮންޑީ ނުކުޅެދިފައިވާކަން ފާހަގަ ކުރެއެވެ.