Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޚުރްމުޒް ކަނޑުއޮޅި ހުޅުވުމަށް ބާރުގެ ބޭނުންކުރުމަށް ޔޫއޭއީން އދ. އަށް ގޮވާލައިފި

ޚުރްމުޒް ކަނޑުއޮޅި ހުޅުވުމަށް ބާރުގެ ބޭނުންކުރުމަށް ޔޫއޭއީން އދ. އަށް ގޮވާލައިފި

ހުސައިން އިސްމާއިލް
69 ދުވަސް ކުރިން - 2 އޭޕްރިލް 2026 23:35
ހުރްމުޒް ކަނޑުއޮޅި ބަންދު ކޮށްފައި ވާތީ ބައިނަލްއަގުވާމީ ވިޔަފާރިއަށް ވަނީ ބުރޫ އަރާފަ.
ހުރްމުޒް ކަނޑުއޮޅި ބަންދު ކޮށްފައި ވާތީ ބައިނަލްއަގުވާމީ ވިޔަފާރިއަށް ވަނީ ބުރޫ އަރާފަ.
ޚުލާސާ

އެމެރިކާ އިން އުޅެގެން ވެސް ހުރްމުޒް ކަނޑުއޮޅި ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވޭ ގޮތް ނުވުމުން، ބާރުގެ ބޭނުންކޮށްގެން އެތަން ހުޅުވުމަށް ޔޫއޭއީން އދ.ގައި އެދިއްޖެ.

ހޮރްމޫޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން، އެ ސަރަހައްދުގެ ދަތުރުފަތުރުތައް އަލުން ހުޅުވާލުމަށްޓަކައި ބާރުގެ ބޭނުންކުރުން ހިމެނޭ ގޮތަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ހުއްދަ ދިނުމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އދ. އަށް ގޮވާލައިފިއެވެ.

ރިޕޯޓުތަކުގައިވާ ބުނާގޮތުން، ޔޫއޭއީން މިފަދަ ނިންމުމަކަށް އދ. ގެ އެހީތެރިކަމަށް އެދުނީ ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާތީއެވެ.

ޔޫއޭއީން މިފަދަ ކުއްލި ފިޔަވަޅަކަށް އެދުނު މައިގަނޑު ސަބަބަކީ، އެމެރިކާއިން އެ ސަރަހައްދުގެ މަސްލަހަތު ހަމައަކަށް އަޅުވައި، ކަނޑުއޮޅި ހުޅުވުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމެވެ. އެމެރިކާގެ އަސްކަރީ ބާރުވެރިކަމާއެކުވެސް އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރު ނުކުރެވުމުން، ޔޫއޭއީން މިހާރު ބޭނުންވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ދަށުން ބާރުގެ ބޭނުންކޮށްގެން ނަމަވެސް އެ ސަރަހައްދު އާންމު ހާލަތަކަށް ގެނައުމަށެވެ.

Advertisement

Advertisement 1

މި މައްސަލައަކީ މުޅި ދުނިޔޭގެ ތެލުގެ ބާޒާރާއި ވިޔަފާރިއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށްވާތީ، ޔޫއޭއީން ވަނީ މިކަމުގައި އދ. އިން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅާފައެވެ. ނަމަވެސް، މި ހުށަހެޅުމާ މެދު އދ. އިން ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.

ޔޫއޭއީ
Ad
Ad

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ކަނޑުކޮސް

68 ދުވަސް ކުރިން - 13:10

އަލިފުދާލު އޮންނަނީ އަރިއަތޮޅުގެ ދެކުނު ފަޅީގަ.

ގުޅޭ ޚަބަރުތައް

ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވިދާނެ ކަމުގެ އުންމީދާ އެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

ތެލުގެ އަގު ދަށަށް ހިނގައްޖެ

16 ދުވަސް ކުރިން - 16:42

އީރާނުގެ ރަށްތަކެއް ހިފުމަށް އެމެރިކާއިން ޔޫއޭއީއަށް ޕްރެޝަރުކުރަނީ

އީރާނުގެ ރަށްތަކެއް ހިފުމަށް އެމެރިކާއިން ޔޫއޭއީއަށް ޕްރެޝަރުކުރަނީ

24 ދުވަސް ކުރިން - 09:20

އީރާނުގެ ހަމަލާތަކުން ދިފާއުވުމަށް ޔޫއޭއީގައި އިޒުރޭލުގެ ސިފައިންނާއި ހަތިޔާރު

ޔޫއޭއީގައި އިޒުރޭލުގެ ސިފައިންނާއި ހަތިޔާރު

29 ދުވަސް ކުރިން - 09:54

ޔަހޫދީންނާއި ގުޅިގެން އީރާނުގެ ތެޔޮކާރުޚާނާ ގޮއްވައިލީ ޔޫއޭއީން ކަން ފަޅާއަރައިފި

ޔަހޫދީންނާއި ގުޅިގެން ޔޫއޭއީން އީރާނަށް ހަމަލާދިންކަން ފަޅާއަރައިފި

30 ދުވަސް ކުރިން - 09:37

އެމެރިކާ އިން ދުއްތުރާ ޖެއްސުމުން ޔޫއޭއީގެ ކަނޑުން ބައެއް އީރާނުން ހިފައިފި

ޔޫއޭއީގެ ކަނޑުން ބައެއް އީރާނުން “ހިފައިފި”

35 ދުވަސް ކުރިން - 17:14

ޔޫއޭއީ އަށް ހަމަލާ ދިނުމުގެ ޕްލޭނެއް ނުގެންގުޅެން: އީރާން

ޔޫއޭއީއަށް ހަމަލާ ދިނުމުގެ ޕްލޭނެއް ނުގެންގުޅެން: އީރާން

37 ދުވަސް ކުރިން - 08:00