Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެންއޯޕީ އާއި ލިކުއިޑިޓީ އެއީ ތަފާތު ދެ އެއްޗެއް، ދެ މިންގަނޑުވެސް ހަރުދަނާ: ބީއެމްއެ

އެންއޯޕީ އާއި ލިކުއިޑިޓީ އެއީ ތަފާތު ދެ އެއްޗެއް، ދެ މިންގަނޑުވެސް ހަރުދަނާ: ބީއެމްއެ

މުހައްމަދު ޖަމްޝަތު
103 ދުވަސް ކުރިން - 2 އޭޕްރިލް 2026 16:26
ބޭންކް އޮފް މޯލްޑިވްސް---
ބޭންކް އޮފް މޯލްޑިވްސް---
ޚުލާސާ

މިދިޔަ ހަފްތާގައި ބޭއްވުނު ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ބޭންކުގެ މާލީ ހާލަތު އޮތީ ވަރަށް ހަރުދަނާކޮށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) އާއި ޑޮލަރުގެ ލިކުއިޑިޓީ އެއީ ތަފާތު ދޭއްޗެއް ކަމަށާއި އެ ދެ މިންގަނޑުވެސް ހަރުދަނާ މިންވަރެއްގައި ބެހެއްޓިފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

މި ދެ ފައިނޭންޝަލް ކޮންސެޕްޓާ ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު އޮޅުންފިލުވައިދިނުމުގެ ގޮތުން ނެރުނު ބަޔާނެއްގައި ބީއެމްއެލް އިން ވަނީ މި ދެ މިންގަނޑުގެ ތަފާތު ތަފުސީލުކޮށް ބަޔާންކޮށްދީފައެވެ.

ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި، ނެޓް އޯޕަން ޕޮޒިޝަނަކީ ވަކި ވަގުތެއްގައި ބޭންކެއްގެ ބޭރު ފައިސާގެ އެސެޓްތަކާއި ލައިބިލިޓީތަކުގެ ދެމެދުގައި ހުންނަ ތަފާތެވެ. މި ޕޮޒިޝަނުން ދައްކުވައިދެނީ ފައިސާގެ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޭންކަށް ފައިދާ ނުވަތަ ގެއްލުން ވެދާނެ މިންވަރެވެ. މިއީ ބޭންކުން ޑޮލަރު ދޫކުރެވޭ މިންވަރު އަންގައިދޭ މިންގަނޑެއް ނޫނެވެ.

Advertisement

Advertisement 1

މިއާ ހިލާފަށް، ލިކުއިޑިޓީ އަކީ ކަސްޓަމަރުން ފައިސާ ނެގުމާއި، ބޭރަށް ފައިސާ ފޮނުވުމާއި، ލޯނު ދޫކުރުން ފަދަ ޒިންމާތައް ކުރު މުއްދަތެއްގައި އަދާކުރުމަށް ބޭންކަކަށް ލިބިފައިވާ ގާބިލުކަމެވެ. މި ދެ މިންގަނޑަކީ ވެސް ބޭންކުގެ މާލީ ދުޅަހެޔޮކަން ވަޒަންކުރުމުގައި މުހިންމު މިންގަނޑުތައް ކަމުގައި ވީ ނަމަވެސް، ކޮންމެ މިންގަނޑަކުން ވެސް ހާސިލުކޮށްދެނީ ތަފާތު މަގުސަދުތަކެކެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި، 2020 ވަނަ އަހަރުގެ ޑިސެންބަރުން ފެށިގެން ބޭންކުގެ އެންއޯޕީ ހުރީ ދަށް މިންވަރެއްގައެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެންބަރުގައި ޔޫއެސް ޑޮލަރުގެ އެންއޯޕީ %20- (ޝޯޓް ޕޮޒިޝަނަކަށް) ވެއްޓުނެވެ. މިއިން އަންގައިދިނީ އެ ތާރީޚުގެ ނިޔަލަށް ގާތްގަނޑަކަށް 200 މިލިއަން ޔޫއެސް ޑޮލަރު އިތުރަށް ވިއްކިފައިވާ ކަމެވެ. އެ ވަގުތު ބޭންކަށް އޮތް ނުރައްކަލަކީ ދިވެހި ރުފިޔާގެ އަގު ދަށްވެއްޖެ ނަމަ ފޮރިން އެކްސްޗޭންޖް ގެއްލުންތަކެއް ލިބުމެވެ. ބޭންކުން ފާހަގަކުރީ މިއީ ލިކުއިޑިޓީގެ މައްސަލައެއް ނޫން ކަމެވެ.

މި މައްސަލަ ހައްލުކުރުމަށް ބީއެމްއެލް އިން އިސްނަގައިގެން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގެ ފުރިހަމަ އެހީތެރިކަމާ އެކު ފިޔަވަޅުތަކެއް އެޅިއެވެ. ނަތީޖާއެއްގެ ގޮތުން 2025 ވަނަ އަހަރުގެ ސެޕްޓެންބަރުގައި އެންއޯޕީ ވަނީ ލޯންގ ޕޮޒިޝަނަކަށް ގެނެވިފައެވެ. އަދި އޭގެ ފަހުން ވެސް ރެގިއުލޭޓަރީ ގޮތުން ލާޒިމުކުރާ މިންގަނޑަށް ވުރެ މާ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައިވެއެވެ.

ބީއެމްއެލް އިން ބުނީ ޔޫއެސް ޑޮލަރުގެ ލިކުއިޑިޓީ ބެލެހެއްޓެނީ ތަފާތު ފަންޑިންގ ވަސީލަތްތަކާއި ހަރުދަނާ ޓްރެޜަރީ އޮޕަރޭޝަންތަކާ އެކުގައި ކަމަށެވެ. މިދިޔަ އަހަރު އެކަނިވެސް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކޯޕަރޭޓް ކުންފުނިތަކުގެ ބޭނުންތަކަށް، ޓީޓީ ހެދުމާއި ކާޑުގެ ބޭނުންތައް ހިމެނޭ ހެން، 600 މިލިއަން ޑޮލަރަށް ވުރެ ގިނަ ޔޫއެސް ޑޮލަރު ވިއްކައިގެން ވިޔަފާރި މުއާމަލާތްތައް ހިންގާފައިވެއެވެ.

ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވެނީ ފަތުރުވެރިކަމުގެ ދާއިރާއަށް 2024 އިން ފެށިގެން އަލަށް 365 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނު ދޫކޮށްފައިވުމެވެ. އަދި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާގެ ނެޓް ލޯން ޕޯޓްފޯލިއޯ 585 މިލިއަން ޔޫއެސް ޑޮލަރަށް އަރާފައިވެއެވެ.

ބޭންކުގެ 43 އަހަރުވީ ތާރީހުގައި ނުދެކޭ ފަދަ ރެކޯޑް ނަތީޖާތަކެއް މިދިޔަ އަހަރު ވަނީ ހޯދާފައެވެ. މި ކާމިޔާބީ ހާސިލުކޮށްފައި ވަނީ ބޯޑުން ކަނޑައެޅި ރިސްކް އެޕެޓައިޓާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، ބައިނަލްއަގުވާމީ ސްޓޭންޑަޑްތަކާ އެއްގޮތަށް ހިފެހެއްޓުނު ހަރުދަނާ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯތަކުގެ އެހީގައެވެ.

ބީއެމްއެލް އިން ބުނީ، ދެފުށް ފެންނަ ހަރުދަނާ މާލީ މެނޭޖްމަންޓެއް ގާއިމުކުރުމަށާއި، ކަސްޓަމަރުންނާއި ހިއްސާދާރުން އަދި ބޭންކާ ގުޅުން ހުރި އެންމެހާ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ބީއެމްއެލް
Ad
Ad

ގުޅޭ ޚަބަރުތައް

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

1 ދުވަސް ކުރިން - 16:00

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

13 ދުވަސް ކުރިން - 07:35

ބޭންކް އޮފް މޯލްޑިވްސްއަށް އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ލިބިއްޖެ

އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ބީއެމްއެލްއަށް

13 ދުވަސް ކުރިން - 07:25

ބީއެމްއެލް އެމެކްސް ކަސްޓަމަރުންނަށް ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރަނގަޅު ފުރުސަތެއް ހުޅުވާލައިފި

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރަނގަޅު ފުރުސަތެއް ހުޅުވާލައިފި

13 ދުވަސް ކުރިން - 20:45

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އިން ހުޅުވާލައިފި

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

14 ދުވަސް ކުރިން - 22:13

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

16 ދުވަސް ކުރިން - 14:56

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%