އީރާނުގެ ރައީސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުން ހަނގުރާމަ ހުއްޓާލުމަށް އެދިވަޑައިގެންނެވި ކަމަށް ބުނެ ދެކެވޭ ވާހަކަތައް އީރާނު ސަރުކާރުން ރަސްމީކޮށް ދޮގުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވަނީ އީރާނުގެ ރައީސް އޭނާއަށް ގުޅުއްވައި، ސަރަހައްދީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްޓަކައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
އީރާނުން ބުނާ ގޮތުގައި މިފަދަ ދޮގު ވާހަކަތައް ފަތުރަނީ ސިޔާސީ ބޭނުމަކަށެވެ. އަދި އީރާނުގެ ސިޔާސަތަކީ އަބަދުވެސް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުން ކަމަށާއި، ބޭރުގެ އެއްވެސް ބާރެއްގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް އެ ގައުމުން ވަނީ ތަކުރާރުކޮށްފައެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، އެމެރިކާއާއި އީރާނާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާގެ އިސްވެރިން މިފަދަ ވާހަކަތައް ދައްކަވަނީ ދުނިޔޭގެ ކުރިމަތީގައި އީރާނަކީ ބަލިކަށި ބައެއްގެ ގޮތުގައި ދެއްކުމަށެވެ.
ނަމަވެސް، އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއިން އަދި މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން މިހާރު ވަނީ މި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމަށް ހުއްޓިފައެވެ.










