އީރާނުން ފޮނުވައިލި މިސައިލް ޙަމަލާ ތަކެއްގައި އިޒުރޭލުގެ 14 މީހަކަށް އަނިޔާ ވެއްޖެ ކަމަށް ޓެލްއަވީވް އިން ބުނެފިއެވެ.

އިސްރާއީލުގެ އިމަޖެންސީ ސާވިސަސް އިން ބުނާ ގޮތުގައި ޒަޚަމްވި މީހުންގެ ތެރޭގައި 11 އަހަރުގެ އަންހެން ކުއްޖެއް ވެސް ހިމެނެއެވެ.

ޒަޚަމްވި 14 މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު، 11 އަހަރުގެ އަންހެން ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށް މަސްދަތުތަކުން ބުނެއެވެ.

މީގެ އިތުރުން 13 އަހަރުގެ ފިރިހެން ކުއްޖަކާއި 36 އަހަރުގެ އަންހެނަކަށް ވެސް. ބޮޑުވަރު ވެފައި ވާއިރު، އީރާނުން ދަނީ އަދިވެސް ރައްދުގައި ހަމަލާތައް ބައިނަލް އަގުވާމީ މަޝްހޫރު މީޑިއާތަކުން ބުނާ ގޮތުގައި އިޒުރޭލުން މަދުވެގެން 24 މީހުން މަރުވެފައި ވެއެވެ.

އިޒުރޭލުން މަރުވާ މީހުންގެ ސީދާ އަދަދުތައް ހާމަ އެއް ނުކުރެއެވެ.

އީރާނުގެ މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން އިޒުރޭލުގެ 6،200 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ޓެލްއަވީވްގެ މަސްދަރުތަކުން އެނގެއެވެ