Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުރިއަށްވުރެ އެތައް ގުނައެއް އިތުރަށް މުދާ ރާއްޖެ އެތެރެކުރަން އިންޑިއާ އިން ނިންމައިފި

ކުރިއަށްވުރެ އެތައް ގުނައެއް އިތުރަށް މުދާ ރާއްޖެ އެތެރެކުރަން އިންޑިއާ އިން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
160 ދުވަސް ކުރިން - 1 އޭޕްރިލް 2026 21:59
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އިންޑިއާއިން އެހެން ގައުމުތަކަށް އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައިވެސް، ރާއްޖެއަށް ބޭނުންވާ މުދާ ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ގައުމުން ވަނީ ދީފަ.

ދިވެހިރާއްޖެއަށް އާންމުކޮށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި، ކުރީ އަހަރުތަކަށްވުރެ އެތައް ގުނައެއް އިތުރަށް ރާއްޖެއަށް އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، މި ނިންމުމަކީ ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ނިންމެވި ނިންމުމެކެވެ. މިއަހަރުގެ ތެރޭގައި ރާއްޖެއަށް އިތުރަށް އެކްސްޕޯޓް ކުރުމަށް ހަމަޖެހިފައިވާ ބާވަތްތަކުގެ ތެރޭގައި ބިސް، އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު އަދި މުގުގެ އިތުރުން، އިމާރާތް ކުރުމުގެ ސިނާއަތަށް މުހިންމު ހިލައާއި ހިލަވެލި ހިމެނެ އެވެ.

ހައިކޮމިޝަނުން ވިދާޅުވި ގޮތުގައި، ރާއްޖެއިން ބޭނުންވާ މިންވަރަށް މި ހުރިހާ ބާވަތްތަކެއްވެސް ފޯރުކޮށްދިނުމަށް އިންޑިއާއިން ވަނީ އެއްބަސްވެފަ އެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު 1981 ވަނަ އަހަރު ގާއިމުކޮށްފައިވާ ހާއްސަ ވިޔަފާރި އެއްބަސްވުމުގެ ދަށުން، ކޮންމެ އަހަރަކުވެސް ރާއްޖެއަށް އަސާސީ މުދާ އެތެރެކުރުމަށް ވަކި ކޯޓާއެއް ކަނޑައަޅަ އެވެ. ނަމަވެސް، މިއަހަރަށް ކަނޑައެޅި މި މިންވަރަކީ އެ އެއްބަސްވުމުގެ ދަށުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓް ކުރުމަށް ހުއްދަ ދިން ފަހަރުކަން އިންޑިއާ ސަރުކާރުން ފާހަގަކުރެ އެވެ.

Advertisement

Advertisement 1

މީގެ އިތުރުން، އިންޑިއާއިން އެހެން ގައުމުތަކަށް އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައިވެސް، ރާއްޖެއަށް ބޭނުންވާ މުދާ ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ގައުމުން ވަނީ ދީފަ އެވެ. މިއީ އިންޑިއާގެ "ނެއިބަހުޑް ފަސްޓް ޕޮލިސީ" ނުވަތަ އަވަށްޓެރި ގައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ތަރައްގީއާއި ހަމަޖެހުމަށް ދޭ އެއްބާރުލުމެއްގެ ގޮތުގައި އިންޑިއާ ހައިކޮމިޝަނުން ސިފަކުރެ އެވެ.

ސަރުކާރުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާއިން މިދިން ލުޔަކީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށާއި، މުދާ ލިބުމުގައި ދިމާވެދާނެ ދަތިތަކަށް އޮތް ބޮޑު ހައްލެކެވެ.

އިންޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

2 ގަޑިއިރު ކުރިން - 18:39

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

7 ދުވަސް ކުރިން - 15:05

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

18 ދުވަސް ކުރިން - 18:55

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި: ސިޔާސީ އުސްލޫބަށް ބޮޑު ބަދަލެއް!

ޖެން-ޒީގެ ވޯޓު ހޯދުމަށް މޯދީ "ރީލްސް" ހައްދަވަން ފައްޓަވައިފި

18 ދުވަސް ކުރިން - 10:25

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި: އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

އިންޑިއާއަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ މަގު ތަނަވަސްވެއްޖެ

40 ދުވަސް ކުރިން - 13:43