Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުގެ ކެންސަރު މަރުކަޒަށް ބޮން އަޅައި ސުންނާފަތި ކޮށްލައިފި

އީރާނުގެ ކެންސަރު މަރުކަޒަށް ބޮން އަޅައި ސުންނާފަތި ކޮށްލައިފި

ހުސައިން އިސްމާއިލް
151 ދުވަސް ކުރިން - 31 މާޗް 2026 23:17
އީރާނުގެ ކެންސަރު ބައްޔަށް ފަރުވާދޭ ފެސިލިޓީ އަށް އެމެރިކާ އާއި އީރާނުން ބޮޑެތި ގެއްލުން ދީފި.
އީރާނުގެ ކެންސަރު ބައްޔަށް ފަރުވާދޭ ފެސިލިޓީ އަށް އެމެރިކާ އާއި އީރާނުން ބޮޑެތި ގެއްލުން ދީފި.
ޚުލާސާ

އެމެރިކާ އާއި އިޒުރޭލުން ބޮން އެޅި ކެންސަރު ބޭސް އުފައްދާ މަރުކަޒަކީ އެ ގައުމުގެ ގިނަ އަދަދެއްގެ ބަލިމީހުންނަށް ބޭނުންވާ މުހިންމު ބޭސްތައް ތައްޔާރުކުރާ މަރުކަޒު.

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނުގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި، ކެންސަރު ބަލީގެ ބޭސް އުފައްދާ މަރުކަޒަކަށާއި މުގައްދަސް ދީނީ ބިނާއަކަށް އަމާޒުކޮށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.

މި ހަމަލާތައް ދީފައިވަނީ މިއަދުގެ ދުވަހުގެ ވަގުތެއްގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލާއި އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ތެހެރާނާއި އެހެނިހެން ސިޓީތަކަށް ދިން މި ހަމަލާތަކުގެ މަގުސަދަކީ އީރާނުގެ އަސްކަރީ ގާބިލުކަން ކުޑަކުރުމެވެ. ނަމަވެސް، މި ހަމަލާތައް އަމާޒުވެފައިވަނީ އާންމު ހިދުމަތްތައް ދޭ ތަންތަނަށާއި އާންމުންގެ އިހުސާސްތަކާ ގުޅިފައިވާ ދީނީ މަރުކަޒުތަކަށެވެ.

އީރާނުގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ހަމަލާ އެރި ކެންސަރު ބޭސް އުފައްދާ މަރުކަޒަކީ އެ ގައުމުގެ ގިނަ އަދަދެއްގެ ބަލިމީހުންނަށް ބޭނުންވާ މުހިންމު ބޭސްތައް ތައްޔާރުކުރާ ތަނެކެވެ. މީގެ އިތުރުން، ހަމަލާގެ ސަބަބުން ތާރީޚީ އަދި ދީނީ ގޮތުން މުހިންމު ބިނާއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިއީ މުޅި އިސްލާމީ އުންމަތުގެ ކަންބޮޑުވުން އޮތް ކަމެކެވެ.

Advertisement

Advertisement 1

މި ހަމަލާއާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އީރާނުން ބުނެފައިވަނީ މިއީ އިންސާނީ ހައްގުތަކާ ޚިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށާއި، މިކަމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން އިތުރަށް ގޯސްވެގެންދާނެ ކަމަށެވެ. އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ އިތުރުން، އީރާނަށް ދެމުންދާ މިފަދަ ހަމަލާތަކަކީ މުޅި ސަރަހައްދު ނުރައްކަލެއްގެ ތެރެއަށް ވައްޓާލާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާން ކްރައިސިސް 2026އީރާންއީރާން - އެމެރިކާއިސްރާއީލް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

1 ދުވަސް ކުރިން - 23:23

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

5 ދުވަސް ކުރިން - 11:25

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

7 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

7 ދުވަސް ކުރިން - 14:34

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

9 ދުވަސް ކުރިން - 04:34