Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދައުލަތުގެ އާމްދަނީ 10.6 ބިލިއަން ރުފިޔާއަށް އަރައި، ބަޖެޓު ސާޕްލަސް 2.2 ބިލިއަނަށް އަރައިފި

ދައުލަތުގެ އާމްދަނީ 10.6 ބިލިއަން ރުފިޔާއަށް އަރައި، ބަޖެޓު ސާޕްލަސް 2.2 ބިލިއަނަށް އަރައިފި

އައިޝަތު ރުވާ ރިފްޢަތު
150 ދުވަސް ކުރިން - 31 މާޗް 2026 20:19
ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް. / ފޮޓޯ: ޚުލާސާ
ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް. / ފޮޓޯ: ޚުލާސާ
ޚުލާސާ

މާލީ އިސްލާހީ ފިޔަވަޅުތަކާއެކު، ދައުލަތުގެ އާމްދަނީ އިތުރުވެ، ބަޖެޓު ސާޕްލަސްވުމުން ރާއްޖޭގެ މާލީ ހާލަތާއި ރައްކާތެރިކަން ވަރުގަދަވެ، އިޤްތިޞާދީ ކުރިއެރުން ދަނީ ހާސިލްވަމުން.

ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.2 އިންސައްތަ އިތުރުވެ، ރާއްޖޭގެ މާލީ ހާލަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ހާމަވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން 26 މާޗު 2026 އާ ހަމައަށް އެކުލަވާލާފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، ދައުލަތަށް ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 10.6 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 9.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ. މިއާއެކު ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 2.2 ބިލިއަން ރުފިޔާގެ ސާޕްލަސްއެއްގައެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު 8.6 ބިލިއަން ރުފިޔާއެވެ. މިއީ ޖުމްލަ އާމްދަނީގެ 81 އިންސައްތަ އެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ އެވެ.

Advertisement

Advertisement 1

ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު 23.9 އިންސައްތަ އިތުރުވެ، 3.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މީގެ އިތުރުން ނޮން-ރެސިޑެންޓް ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 59.0 އިންސައްތަ އިތުރުވެ، 516.4 މިލިއަން ރުފިޔާއަށް ވަނީ މަތިވެފަ އެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި 332.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބޭރު ފައިސާއިން ލިބުނު ޖުމްލަ އާމްދަނީ 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތިވެފައިވުމަކީ އިގްތިސާދީ ދާއިރާގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެކެވެ.

26 މާޗު 2026 އާ ހަމައަށް ދައުލަތުން ޖުމްލަ 8.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށެވެ. އެއީ 3.2 ބިލިއަން ރުފިޔާ ައެވެ.

އެހީ އާއި ސަބްސިޑީގެ ގޮތުގައި ޖުމްލަ 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މީގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު 8.8 އިންސައްތަ ވަނީ އިތުރުވެފަ އެވެ. ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، ބިން ހިއްކުމާއި އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ކުރި ހޭދަ 137.5 އިންސައްތަ އިތުރުވެ، 442.7 މިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

ދައުލަތުގެ މާލީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސޮވެރިންގް ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް ޖުމްލަ 520.6 މިލިއަން ރުފިޔާއަށްވާ ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. މީގެ ތެރޭގައި ފާއިތުވި ހަފުތާގައި ޖަމާކުރި 95.5 މިލިއަން ރުފިޔާ ހިމެނެ އެވެ.

ފިނޭންސްމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއެމްއެމްއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް: އެމްއެމްއޭ

1 ދުވަސް ކުރިން - 11:46

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

4 ދުވަސް ކުރިން - 11:40

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

4 ދުވަސް ކުރިން - 14:50

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

5 ދުވަސް ކުރިން - 13:54

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އެއްވެސް ވަރަކަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އެމްއެމްއޭ އިން އާންމުކޮށްފި

ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް އަމަލުނުކުރާ ދެ ރިސޯޓެއްގެ ނަން އާންމުކޮށްފި

5 ދުވަސް ކުރިން - 18:51

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

ގަވާއިދާ ޚިލާފަށް ޑޮލަރު މާރުކުރި އެކްސްޗޭންޖެއްގެ ލައިސަންސް އެމްއެމްއޭއިން ބާތިލްކޮށްފި!

7 ދުވަސް ކުރިން - 16:40