Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި އެޗްޑީސީން ކަނޑާލައިފި

ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި އެޗްޑީސީން ކަނޑާލައިފި

މުހައްމަދު ޖަމްޝަތު
69 ދުވަސް ކުރިން - 31 މާޗް 2026 09:29
ހިޔާ ފްލެޓުތައް. މި ފްލެޓުތަކުގެ 2 އަހަރުގެ ކުލި ދައްކަން ނުޖެހޭގޮތަށް އެޗްޑީސީން ވަނީ ނިންމާފަ---ފޮޓޯ: ޚުލާސާ
ހިޔާ ފްލެޓުތައް. މި ފްލެޓުތަކުގެ 2 އަހަރުގެ ކުލި ދައްކަން ނުޖެހޭގޮތަށް އެޗްޑީސީން ވަނީ ނިންމާފަ---ފޮޓޯ: ޚުލާސާ
ޚުލާސާ

ނަމަވެސް މި މުއްދަތުގައި މެއިންޓަނަންސް ފީއަށް 1,000 ރުފިޔާ ކޮންމެ މަހަކު ދައްކަންޖެހޭނެ

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ހަރަދު އަނބުރާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، އެ ފްލެޓުތަކުގެ ދެ އަހަރު ދުވަހުގެ ކުލި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑާލައިފިއެވެ.

މި ވައުދު ތަންފީޒުކުރާނެ ގޮތުގެ ތަފްސީލް ހާމަކޮށް، އެޗްޑީސީން މިދިޔަ ހަފްތާގައި ވަނީ ހިޔާ ފްލެޓްތަކުގެ ވެރިންނަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200,000 ރުފިޔާގެ ޑިސްކައުންޓުގެ ތެރެއިން ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އުނިކުރެވޭނެއެވެ.

އެޗްޑީސީން ބުނީ، ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު ހަމަކުރުމަށްޓަކައި، ކުރިއަށް އޮތް ދެ އަހަރު ދުވަހު ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ކުލި ދައްކަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، ކޮންމެ މަހަކު މެއިންޓައިނަންސް ފީގެ ގޮތުގައި ދައްކަންޖެހޭ 1,000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

Advertisement

Advertisement 1

ހިޔާ ޓަވަރުތަކުގެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3,984 ރުފިޔާއެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1,000 ރުފިޔާއާއެކު މީގެ ކުރިން ކޮންމެ މަހަކު އެޗްޑީސީއަށް ޖުމްލަ 4,984 ރުފިޔާ ދައްކަން ޖެހެއެވެ. މި ނިންމުމާއެކު، ފްލެޓްގެ ވެރިން ކުރިއަށް އޮތް ދެ އަހަރު ދައްކަން ޖެހޭނީ ހަމައެކަނި މެއިންޓަނެންސް ފީއެވެ.

މީގެ އިތުރުން، ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން މިދިޔަ ޑިސެމްބަރު މަހާ ހަމައަށް އަރާފައިވާ ހުރިހާ ޖޫރިމަނާތަކެއް ވެސް ސަރުކާރުން މިހާރު ވަނީ މާފުކޮށްދީފައެވެ. މިއީ ފްލެޓްތަކުގެ ވެރިންނަށް މާލީ ގޮތުން ބޮޑު ލުޔެއް ދިނުމަށް ސަރުކާރުން ނިންމި ނިންމުމެކެވެ.

އެޗްޑީސީހުޅުމާލެ ފޭސް-2
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

8 ގަޑިއިރު ކުރިން - 17:20

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

4 ދުވަސް ކުރިން - 17:15

4000 ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް އެއްކޮށް ނިންމާނެ: އެޗްޑީސީ

4000ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް ނިންމާނެ

12 ދުވަސް ކުރިން - 17:49

ހުޅުމާލޭ ފޭސް 1ގައި ގާއިމްކުރި 'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

20 ދުވަސް ކުރިން - 17:10

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

23 ދުވަސް ކުރިން - 16:15

ހުޅުމާލެ ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ދާ ޖަހަން ފަށައިފި

ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރަން ފަށައިފި

32 ދުވަސް ކުރިން - 20:20