Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގައި ހުރި އދ. ގެ ސުލްހަ ބަލަހައްޓާ މީހަކު މަރުވެއްޖެ

އިސްރާއީލުގެ ހަމަލާތަކުގައި ލުބުނާނުގައި ހުރި އދ. ގެ ސުލްހަ ބަލަހައްޓާ މީހަކު މަރުވެއްޖެ

ހުސައިން އިސްމާއިލް
162 ދުވަސް ކުރިން - 30 މާޗް 2026 20:32
ލުބުނާނުގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންނަށް އިޒުރޭލުން ހަމަލާދީ ޒަހަމް ކޮށްފަ. (ކުރީގެ ފޮޓޯއެއް)
ލުބުނާނުގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންނަށް އިޒުރޭލުން ހަމަލާދީ ޒަހަމް ކޮށްފަ. (ކުރީގެ ފޮޓޯއެއް)
ޚުލާސާ

ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމަކަށް ވިޔަސް އިޒުރޭލުން ލުބުނާނުގައި ހުރި އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުގެ މީހަކު މަރާލައިފި

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ތެރޭގައި، އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގެ މެންބަރަކު މަރުވެއްޖެއެވެ.

އދ. އިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ މި ހަމަލާގައި އެކަކު މަރުވުމުގެ އިތުރުން، އެ ފައުޖުގެ އެހެން މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. މި ހާދިސާ ހިނގާފައިވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން އަމާޒުކޮށްދިން ވައިގެ ވަރުގަދަ ހަމަލާތަކެއްގެ ތެރޭގައެވެ.

ޔުނިފިލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި މިފަދަ ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާކަން އެ އިދާރާއިން ފާހަގަކުރިއެވެ.

Advertisement

Advertisement 1

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ، ގިނަ އަދަދެއްގެ ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. އިސްރާއީލުގެ މި އަމަލުތަކަކީ މުޅި ސަރަހައްދުގެ ސުލްހަ މަސްލަސްކަން ނަގާލުމަށް ހިންގާ ލާއިންސާނީ އަމަލުތަކެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ސިފަކުރަމުންނެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަނީ އިސްރާއީލުގެ މިފަދަ އަނިޔާވެރި ހަމަލާތައް ހުއްޓާލައި، ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށެވެ. އަދި އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ދަނީ ގޮވާލަމުންނެވެ.

އިސްރާއީލްލުބްނާން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

18 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

20 ދުވަސް ކުރިން - 19:36

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

ހަމާސް ކުރިމަތީ އިޒުރޭލު ސަރުކާރުން ކުޑަކަކޫ ޖަހައިފި: އިޒުރޭލު މީޑިއާ

33 ދުވަސް ކުރިން - 23:25