Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

10 ރުފިޔާގެ އައު ނޫޓުތަކެއް އޭޕްރީލް 1 އިން ފެށިގެން ދައުރުކުރަން ފަށަނީ

10 ރުފިޔާގެ އައު ނޫޓުތަކެއް އޭޕްރީލް 1 އިން ފެށިގެން ދައުރުކުރަން ފަށަނީ

އައިޝަތު ރުވާ ރިފްޢަތު
63 ދުވަސް ކުރިން - 30 މާޗް 2026 19:33
10 ރުފިޔާގެ އައު ނޫޓުތަކެއް---
10 ރުފިޔާގެ އައު ނޫޓުތަކެއް---
ޚުލާސާ

މިއީ ބާވެފައިވާ ނޫޓުތައް ބަދަލުކުރުމަކީ އިގްތިސާދުގައި ދައުރުވާ ފައިސާގެ ފެންވަރު ހިފެހެއްޓުމަށް ކުރާ މުހިންމު ކަމެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރި.

"ރަންދިހަފަހެއް" ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މިއަދު ގެނެސްފި އެވެ. މަރުކަޒީ ބޭންކުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ނޫޓުތައް ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، 10 ރުފިޔާގެ އައު ޗާޕެއް ގެންނަން ޖެހުނީ ބާޒާރުގައި 10 ރުފިޔާގެ ސްޓޮކް މަދުވުމާއި، ބައުވެ ހަލާކުވެފައިވާ ނޫޓުތައް އައުކުރުމުގެ ބޭނުމުގަ އެވެ. 10 ރުފިޔާގެ ނޫޓަކީ ކުޑަ އަދަދެއްގެ ނޫޓަކަށް ވުމުން، ދުވަހުން ދުވަހަށް ކުރާ ކުދި ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް މި ނޫޓު ބޭނުންކުރާ މިންވަރު ވަރަށް ގިނަ އެވެ. މީގެ ސަބަބުން ނޫޓުތައް ހަލާކުވާ މިންވަރު އިތުރުވާކަމަށާއި، ބޮޑެތި މުއާމަލާތްތަކުގައި މިފަދަ ނޫޓު ބޭނުންނުކުރާތީ ބޭންކުތަކަށް މި ނޫޓު ޖަމާވާ މިންވަރުވެސް މަދުކަމަށް އެމްއެމްއޭއިން ފާހަގަކުރެ އެވެ.

މިއީ "ރަންދިހަފަހެއް" ސީރީޒް ތައާރަފްވި ފަހުން 10 ރުފިޔާގެ ނޫޓު ޗާޕްކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި ސީރީޒްގެ 10 ރުފިޔާ ޗާޕްކުރީ 2015 ވަނަ އަހަރު ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ސޮޔާއެކުގަ އެވެ. ދެވަނަ ފަހަރަށް 2018 ވަނަ އަހަރު ކުރީގެ ގަވަރުނަރު އަހުމަދު ނަސީރުގެ ސޮޔާއެކު ޗާޕްކޮށްފައިވާއިރު، މިފަހަރުގެ އައު ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ މިހާރުގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ.

Advertisement

Advertisement

އަލަށް ނެރޭ ނޫޓުތަކުގައި ޖަހާފައިވަނީ 31 ޖުލައި 2025 ގެ ތާރީހެވެ. މި ނޫޓުތަކުގެ ޚާއްޞަ ސިފައެއްގެ ގޮތުން، ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ. އެގޮތުން ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައި އަދި ފަހަތްފަރާތުގެ ކަނާއަތް ފަރާތުން މަތީގައި މޫނުމަތީ އަގާއެކު މި ނިޝާން ފެންނަން ހުންނާނެ އެވެ.

އެމްއެމްއޭއިން ބުނީ މިހާރު ބޭނުންކުރަމުންދާ ނޫޓު ސީރީޒަށް 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ، ބާވެފައިވާ ނޫޓުތައް ބަދަލުކުރުމަކީ އިގްތިސާދުގައި ދައުރުވާ ފައިސާގެ ފެންވަރު ހިފެހެއްޓުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ. އައު ނޫޓުތައް ދައުރުވާން ފެށި ނަމަވެސް، މިހާރު ބޭނުންކުރަމުންދާ 10 ރުފިޔާގެ ނޫޓުތައްވެސް އެއާއެކު ބޭނުންކުރެވޭނެ ކަމަށް މަރުކަޒީ ބޭންކުން މައުލޫމާތު ދެއެވެ.

އެމްއެމްއޭ

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

17 މިނެޓު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

11 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

13 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

20 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

21 ގަޑިއިރު ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

22 ގަޑިއިރު ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%