Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމަށް ގެންނަ އިސްލާހަކީ ދުސްތޫރީގޮތުން ހުއްދަ ބަދަލެއް: އާޒިމާ

އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމަށް ގެންނަ އިސްލާހަކީ ދުސްތޫރީގޮތުން ހުއްދަ ބަދަލެއް: އާޒިމާ

އައިޝަތު ރުވާ ރިފްޢަތު
154 ދުވަސް ކުރިން - 28 މާޗް 2026 18:51
ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު---
ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު---
ޚުލާސާ

މަޖިލީހުގެ ދައުރަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށްވާއިރު، ރައްޔިތުން އެކަމަށް ހުއްދަ ދީފިނަމަ އެއްވެސް ގާނޫނީ ހުރަހެއް ކުރިމަތިނުވާނެ ކަމަށް އާޒިމާ ވިދާޅުވި.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހަކީ ދުސްތޫރީ އޮނިގަނޑު ހުއްދަކުރާ، ސައްހަ އިސްލާހެއް ކަމަށް ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

އާޒިމާ މިހެން ވިދާޅުވީ، އިންތިހާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ގެންނަ އިސްލާހާ މެދު ގާނޫނީ ނަޒަރަކުން ބަހުސްކުރުމަށް ބާ ކައުންސިލުން ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އިސްލާހުގެ ގާނޫނީ ސައްހަކަމާމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައި، އާޒިމާ ވަނީ މި ބަދަލުގައި ދުސްތޫރީ ނުވަތަ އިޖުރާއީ އެއްވެސް މައްސަލައެއް ނެތްކަން ގާނޫނީ ގޮތުން ތަފްސީލުކޮށްދެއްވާފަ އެވެ.

އާޒިމާ ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހުގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހެނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލެއް އަންނާތީ އެވެ. ގާނޫނުއަސާސީގައި އޮންނަ ގޮތުން މަޖިލީހުގެ ދައުރަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށްވާއިރު، ރައްޔިތުން އެކަމަށް ހުއްދަ ދީފިނަމަ އެއްވެސް ގާނޫނީ ހުރަހެއް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement 1

މަޖިލީހުން މި އިސްލާހު ފާސްކުރުމުގައި އަމަލުކުރި އިޖުރާއާތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ، މަޖިލީހުން ކަންކަން ނިންމުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ކަމެއް ނިންމުމަށް ބޭނުންވާ އަގުލަބިއްޔަތު އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެކަންކަން ކުރަން ވަކި މުއްދަތުތަކެއް ގާނޫނުއަސާސީގައި ކަނޑައަޅާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކާއި އަމަލުކުރާ ގޮތަކާ މެދު އެއްވެސް ކޯޓެއްގައި ސުވާލު ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާކަންވެސް އާޒިމާ ހަނދާންކޮށްދެއްވި އެވެ. އެހެންކަމުން، އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމަށް ގެންނަ މި ބަދަލަކީ ދުސްތޫރީ އޮނިގަނޑުގެ ތެރެއިންނާއި މަޖިލީހުގެ އިޖުރާއާތުގެ ތެރެއިންވެސް ހުއްދަ، ގާނޫނީ ގޮތުން ސައްހަ ބަދަލެއް ކަމަށް އާޒިމާ ޝަކޫރު ވިދާޅުވި އެވެ.

އާޒިމާ ޝަކޫރުރިޔާސީ އިންތިޚާބުރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

2 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

2 ދުވަސް ކުރިން - 14:10

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

2 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

3 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

3 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

4 ދުވަސް ކުރިން - 07:43