އިންޑިއާގައި 60 ދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ރައްކާކޮށްފައި އެބަހުރި ކަމަށް އެ ގައުމުގެ ތެލާއި ގުދުރަތީ ގޭހާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިންޑިއާ އިން މިހެން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ގައުމުގެ ހަކަތައިގެ ރައްކާތެރިކަމާ މެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.
އިންޑިއާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ހަކަތަ ބޭނުންކުރާ ގައުމަށް ވާއިރު، އެ ގައުމަށް ބޭނުންވާ ތެލުގެ ބޮޑު ބައެއް ހޯދަނީ އިމްޕޯޓް ކޮށްގެންނެވެ.
އިންޑިއާ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މި ރިޒާވް އިތުރަށް ފުޅާކޮށް، ގައުމުގެ އިގްތިސާދީ ދުވެއްޔަށް ހުރަސްނޭޅޭނެ ގޮތަށް ހަކަތައިގެ ކަންކަން ތަރުތީބު ކުރުމެވެ.










