ލުބްނާނުގެ ދެކުނަށް އެއްގަމު މަގުން ވަދެގެން އުޅޭ އިޒުރޭލުގެ ސިފައިންނާއި ދެކޮޅަށް ހިޒްބުالله ޖަމާއަތުން ހިންގި ވަރުގަދަ އޮޕަރޭޝަނެއްގައި ޔަހޫދީންނަށް ކުރިއެރުމަށް ހުރަސް އަޅައި ފަހަތަށް ޖައްސައިލި ކަމަށް އެ ޖަމާޢަތުން ބުނެފިއެވެ.
ހިޒްބުالله އިން ބުނީ މި އޮޕަރޭޝަންގެ ސަބަބުން އިސްރާއީލުގެ 10 ޓޭންކާއި ޑީ9 ބުލްޑޯޒަރުގެ ދެ ބުލްޑޯޒަރު ހަލާކު ކޮށްލާފައިވާ ކަމަށެވެ. އަދި މީގެ ދެދުވަސް ކުރިން ހިނގި ކުރިމަތިލުމެއްގައި 48 ގަޑިއިރުގެ ތެރޭގައި ނައްތައިލި އިސްރާއީލުގެ ޓެންކްތަކުގެ ޖުމްލަ އަދަދު 18 އަށް އަރާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ހިޒްބުالله އިން ބުނީ ޑީ9 ބުލްޑޯޒަރަކާއި މެރްކާވާގެ ދެ ޓޭންކް ވެސް ނައްތާލާފައިވާ ކަމަށާއި، ހިޒްބުاللهގެ ހަމަލާ ތައް ވަރުގަދަ ވުމުގެ ސަބަބުން އިސްރާއީލުގެ ސިފައިން އެ މީހުންގެ އުޅަނދުތައް ދޫކޮށް ފަހަތަށް ޖެހި “ފިލާފައިވާ” ކަމަށެވެ.










