އެކުވެރި ދައުލަތްތައް މެދުވެރިކޮށް ހިޒްބުالله ފަހަތަށް ޖައްސަން ނަތަންޔާހޫ ވިސްނަމުންދާ ކަމަށް އިސްރާއީލުގެ މީޑިއާ އިން ބުނެފިއެވެ.
އިޒުރޭލު މީޑިއާ އިން ބުނީ ނަތަންޔާހޫ ވަނީ ލުބުނާނުގެ ދެކުނުގައި ބަފަރ ޒޯނެއް ޤާއިމް ކުރުމަށް ހުށަހަޅާފައެވެ. އެ ބަފަރ ޒޯން އިސްރާއީލުގެ ބޯޑަރުން ފެށިގެން ލިތާނީ ކޯރާއި ހަމައަށް ފުޅާވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މި ޕްލޭންގެ މަގުސަދަކީ ހިޒްބުاللهގެ ހަނގުރާމަވެރިން އިތުރަށް އުތުރަށް ކޮއްޕާލައިގެން އިޒުރޭލަށް އަމާޒުވާ ރޮކެޓް ހަމަލާތައް ދިނުން ހުއްޓުވުމެވެ.
ލުބުނާނުގެ ހިޒްބުالله އިން ދެމުން ގެންދާ ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އިޒުރޭލުގެ ނަހަރިޔާ، ކިރިޔާތު ޝްމޯނާ، އަދި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް ވެސް ވަނީ ނުރައްކާތެރި އެތައް ހަމަލާއެއް ދީފައެވެ. އެއް ރެއެއްގެ ތެރޭގައި އެކަނި ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ރޮކެޓުން ހަމަލާ ދީފައި ވެއެވެ.










