Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ އެންމެ ފައިދާހުރި ގޮތް: އަކްރަމް ކަމާލުއްދީން

ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ އެންމެ ފައިދާހުރި ގޮތް: އަކްރަމް ކަމާލުއްދީން

އައިޝަތު ރުވާ ރިފްޢަތު
110 ދުވަސް ކުރިން - 26 މާޗް 2026 23:38
އަކްރަމް ކަމާލުއްދީން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި---
އަކްރަމް ކަމާލުއްދީން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި---
ޚުލާސާ

އަކްރަމް މިހެން ވިދާޅުވިއިރު އެމްޑީޕީން އަދި އިދިކޮޅު ފަރާތްތަކުން ދަނީ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދައި ކެމްޕެއިން ކުރަމުން.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ތާއީދުކުރައްވައި އޭނާ ވަނީ އޭގެ ސަބަބުން ލިބޭނެ މުހިންމު ހަ ފައިދާއެއް ފާހަގަކުރައްވާފަ އެވެ.

Advertisement

Advertisement 1

އަކްރަމް ފާހަގަކުރެއްވި ފުރަތަމަ ކަމަކީ، ވެރިކަމަށް ކުރިމަތިލާ ފަރާތުން ނުވަތަ ވެރިކަމުގައި ހުރެ އިތުރު ދައުރަކަށް ކުރިމަތިލާ ފަރާތުން މަޖިލިސް ހޯދުމަށް ފޯކަސްކުރާ މިންވަރު ކުޑަވުމެވެ. މީގެ ސަބަބުން ނުފޫޒުން އެއްކިބާވެ، ރައްޔިތުން ބޭނުންވާ މަޖިލީހެއް ހޮވުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވީ، މަޖިލިސް މެންބަރަކު ހޮވުމަށް ވޯޓުލާއިރު، ވެރިކަމަށް އަންނާނީ ކޮން ޕާޓީއެއްގެ ކެނޑިޑޭޓެއްކަން ނޭނގޭނެތީ، ކެނޑިޑޭޓުންގެ ތެރެއިން ރައްޔިތުން ހިތް އެދޭ ފަރާތެއް އިހްތިޔާރުކުރަން ފަސޭހަވާނެ ކަމަށެވެ. މީގެ އިތުރުން، އިންތިހާބުތަކުގެ ފްރެޝަރަށް ސަރުކާރުގެ މައިގަނޑު އަމާޒު އަބަދު ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އައިސް، ސަރުކާރުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ފުރުސަތު ލިބޭނެ ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.

އިގްތިސާދީ ގޮތުން ލިބޭ ފައިދާތަކަށް އަލިއަޅުވާލައްވަމުން އަކްރަމް ވިދާޅުވީ، އިންތިހާބު ބާއްވާ ދުވަސްތަކުގެ އަދަދު މަދުވުމުން ދައުލަތުން ކުރާ ހޭދަ ކުޑަވާނެ ކަމަށެވެ. އަދި ހަމައެކަނި އިލެކްޝަންސް ކޮމިޝަނުން ކުރާ ހަރަދު ކުޑަވުމުގެ ބަދަލުގައި، އިންތިހާބުތަކާ ދިމާކޮށް ސަރުކާރުތަކުން ވަޒީފާ އިތުރުކުރާ ނިސްބަތް މަދުވެ، ސިޔާސީ ޕާޓީތަކުން ކުރާ ހޭދަވެސް ކުޑަވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަކްރަމް ފާހަގަކުރެއްވީ، ރިޔާސީ އިންތިހާބާ އެކު މަޖިލިސް އިންތިހާބު ބޭއްވުމުން ވޯޓުލާ މީހުންގެ އަދަދު އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމެވެ. މި ހުރިހާ ސަބަބުތަކަށްޓަކައި، ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަކްރަމް ވަނީ ވިދާޅުވެފަ އެވެ.

އަކްރަމް ކަމާލުއްދީންއިލެކްޝަންސް ކޮމިޝަން (އީސީ)ރައްޔިތުންގެ ހިޔާލު ހޯދުންރައްޔިތުންގެ މަޖިލިސްރިޔާސީ އިންތިޚާބު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

8 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

8 ދުވަސް ކުރިން - 10:45

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަނުކުރައްވައިފި

13 ދުވަސް ކުރިން - 20:59

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

20 ދުވަސް ކުރިން - 11:10

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

32 ދުވަސް ކުރިން - 14:19