Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަމަޟާން މަހު އުމްރާއަށް ދިޔަ އުމްރާވެރިން ރާއްޖެ އަންނަން ފަށައިފި

ރަމަޟާން މަހު އުމްރާއަށް ދިޔަ އުމްރާވެރިން ރާއްޖެ އަންނަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
156 ދުވަސް ކުރިން - 25 މާޗް 2026 16:44
އުމްރާގެ އަޅުކަމަށްފަހު އުމްރާވެރިއެއް ރާއްޖެ އައުމުގެ މަގުމަތީގައި---
އުމްރާގެ އަޅުކަމަށްފަހު އުމްރާވެރިއެއް ރާއްޖެ އައުމުގެ މަގުމަތީގައި---
ޚުލާސާ

ޖަމާއަތްތަކާ ހަވާލުވެގެން ގާތްގަނޑަކަށް 6،000 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރި. ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ފަރާތެއް މައްކާއަށް ދަތުރުކުރި.

މިއަހަރުގެ ރަމަޟާން މަހުގެ އަޅުކަމަށްފަހު، ސައުދީ އަރަބިއްޔާއަށް އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި އުމްރާވެރިން އެނބުރި ރާއްޖެ އަންނަން ފަށައިފިއެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގެ އަޅުކަމަށާއި އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން އުމްރާއަށް ގޮސްފައިވާއިރު، އިއްޔެއާއި މިއަދު ގިނަ އަދަދެއްގެ އުމްރާވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މި އަހަރުގެ ރަމަޟާން މަހު އެކި ޖަމާއަތްތަކުގެ ހަވާލުގައި ގާތްގަނޑަކަށް 6،000 އަށްވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއާއި މަދީނާއަށް ދަތުރުކުރި އެވެ. މީގެ ތެރޭގައި ސަރުކާރުގެ ހިލޭ އެހީގައި ފުރަތަމަ ފަހަރަށް އުމްރާއަށް ފޮނުވި 50 މީހުންވެސް ހިމެނެ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.

Advertisement

Advertisement 1

އުމްރާވެރިން އެނބުރި އަންނަން ފަށާފައިވާއިރު، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ޖަމާއަތްތަކެއްގެ އުމްރާވެރިން ރާއްޖެ އައިސް ނިމޭނެ ކަމަށް މައުލޫމާތު ލިބެ އެވެ. އުމްރާގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކުން ބުނާ ގޮތުގައި، މިއަހަރުގެ ރަމަޟާން މަހު މައްކާގެ ހަރަމްފުޅު ވަރަށް ބޮޑަށް ތޮއްޖެހިފައި އޮތް ނަމަވެސް، އަޅުކަންތައް ކުރިއަށް ގެންދެވުނީ ވަރަށް އަމާންކަމާއެކުގަ އެވެ.

އުމްރާވެރިން ރާއްޖެ އަންނަ ވަގުތުތަކުގައި އެއާޕޯޓުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފަ އެވެ. މީގެ އިތުރުން، އުމްރާވެރިން އައުމާއެކު ބަލިތަކަށް ސަމާލުވުމަށާއި، ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތަކަށް ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފަ އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއުމްރާގެ އަޅުކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

މުހައްމަދު ފިރުޒުލް: ހައްޖު ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ތައުލީމީ ޒުވާން ލީޑަރެއް!

58 ދުވަސް ކުރިން - 19:56

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

86 ދުވަސް ކުރިން - 17:15

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

ހައްޖުވެރިން މިރޭ އަރަފާތަށް ދަތުރު ފަށަނީ

95 ދުވަސް ކުރިން - 21:40

މިއަހަރުގެ އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

އަމީރުލް ހައްޖަކަށް މިނިސްޓަރު ސައީދު ހަމަޖައްސައިފި

101 ދުވަސް ކުރިން - 22:12

މިއަހަރުގެ ހައްޖުވެރިން ފުރާ ތާރީހާއި ފްލައިޓް ތަފްސީލް އާންމުކޮށްފި

ހައްޖުވެރިން ފުރާ ތާރީހާއި ފްލައިޓް ތަފްސީލް އާންމުކޮށްފި

107 ދުވަސް ކުރިން - 16:37

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

117 ދުވަސް ކުރިން - 15:01