Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބީއެމްއެލްގެ ހިއްސާއަށް ގެންނަ ބަދަލަކީ ޒުވާނުންނަށް ލިބޭ ރަނގަޅު ފުރުސަތެއް: އައުޝަން

ބީއެމްއެލްގެ ހިއްސާއަށް ގެންނަ ބަދަލަކީ ޒުވާނުންނަށް ލިބޭ ރަނގަޅު ފުރުސަތެއް: އައުޝަން

އައިޝަތު ރުވާ ރިފްޢަތު
111 ދުވަސް ކުރިން - 25 މާޗް 2026 15:35
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިން ޑިރެކްޓަރު އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް. / ފޮޓޯ: ޕީއެސްއެމް
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިން ޑިރެކްޓަރު އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް. / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

މިދިޔަ އަހަރު ޓްރޭޑިންއާ ގުޅޭ ހުރިހާ ކަމެއް އޮންލައިން ކުރެވިފައިވާ ކަމަށާއި، ހިއްސާ ގަނެވިއްކުމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ 'އިންފިނިޓީ' އެޕް ނިންމުމުގެ މަސައްކަތް ކަމަށް.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ހިއްސާގެ އޮނިގަނޑަށް ގެންނަން ނިންމާފައިވާ ބަދަލަކީ، ހިއްސާގެ ބާޒާރަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ފަހި ފުރުސަތެއް ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިން ޑިރެކްޓަރު އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އައުޝަން ވިދާޅުވީ، ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ އެހެން ކުންފުނިތަކުގެ ހިއްސާގެ އަގުތައް އާންމުކޮށް އުޅެނީ 40 ރުފިޔާއާއި 150 ރުފިޔާއާ ދެމެދުގައި ކަމަށެވެ. ނަމަވެސް ބީއެމްއެލްގެ ހިއްސާއެއްގެ އަގު މިހާރު ހުރީ ގާތްގަނޑަކަށް 800 ރުފިޔާގައި ކަމަށްވުމުން، މިއީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނަކަށް ނިސްބަތުން ބޮޑު އަދަދެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންކަމުން، ބޭންކުން މި ގެންނަ ބަދަލާއެކު އަގުތަކަށް އަންނަ ލުޔަކީ އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާ އާ ދޮރެއްކަމަށް އައުޝަން ވިދާޅުވި އެވެ.

ހިއްސާގެ ބާޒާރުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އައުޝަން ވިދާޅުވީ، މިދިޔަ އަހަރު ޓްރޭޑިންއާ ގުޅޭ ހުރިހާ ކަމެއް އޮންލައިން ކުރެވިފައިވާ ކަމަށެވެ. އަދި ހިއްސާ ގަނެވިއްކުމަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ 'އިންފިނިޓީ' އެޕް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކޮންމެ އަހަރަކުވެސް ޒުވާނުން ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement 1

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ލިބިފައި ހުރި އަދި މާކެޓަށް އިތުބާރު އޮތް ޒުވާން އިންވެސްޓަރުންގެ ޖީލެއް އުފެދިގެން އަސްލު މި މާކެޓް ކުރިއަށް އޮތްތަނުގައި ފުޅާ ކުރެވޭނީ،" އައުޝަން ވިދާޅުވި އެވެ.

މީގެ އިތުރުން، ރިސޯޓް ނުވަތަ ގެސްޓްހައުސްތައް ލިސްޓްކޮށް، ޑޮލަރުން ހިއްސާދާރުންނަށް އާމްދަނީ ލިބޭނެ މަގު ފަހިވުމަކީ ދެކެން ބޭނުންވާ ދުވަހެއް ކަމަށާއި، ބީއެމްއެލްއިން މި ދެއްކި މިސާލާ އެއްގޮތަށް އެހެން ކުންފުނިތަކުންވެސް ހިއްސާއަށް ފަހި ބަދަލުތަކެއް ގެނައުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ހިއްސާއަށް ގެންނަ މައިގަނޑު ބަދަލުތައް:

  1. ބޯނަސް ހިއްސާ ދޫކުރުން: 18 މާޗު 2026 (ރެކޯޑް ޑޭޓް) އާ ހަމައަށް ހިއްސާ އޮތް ފަރާތްތަކަށް، ކޮންމެ 1 ހިއްސާއަކަށް 2 ބޯނަސް ހިއްސާ ދޫކުރުމަށް ބޯޑުން ވަނީ ހުށަހަޅާފައެވެ. މިއީ އެއްވެސް އަގަކާ ނުލައި ދެވޭ އިތުރު ހިއްސާއެކެވެ. މިސާލަކަށް 100 ހިއްސާ އޮތް މީހަކަށް އިތުރު 200 ހިއްސާ ލިބި، ޖުމްލަ 300 ހިއްސާއަށް އިތުރުވާނެ އެވެ.
  2. ހިއްސާ ބައިކުރުން: 1:10 ގެ ރޭޝިއޯއިން ހިއްސާ ބައިކުރުމަށް ވަނީ ނިންމާފައެވެ. މީގެ މާނައަކީ ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެ އެވެ. މި ބަދަލާއެކު 100 ހިއްސާ އޮތް ފަރާތަކަށް ޖުމްލަ 3000 ހިއްސާ ލިބޭނެ އެވެ.
  3. މި ބަދަލާއެކު ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވެގެންދާނެއެވެ. ނަމަވެސް ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެ އެވެ.

މި ބަދަލުގެ މަގުސަދުތައް:

  1. އިންވެސްޓަރުންނަށް ކުޑަ އަގެއްގައި ބޭންކުގެ ހިއްސާ ހޯދުމުގެ ފުރުސަތު ދިނުން.
  2. ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުން.
  3. މާކެޓް ލިކުއިޑިޓީ އާއި ވިޔަފާރީގެ ހަރަކާތްތައް އިތުރުކުރުން.
  4. މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ތައްޔާރުވުން.

ބޭންކުން މި ގެންނަ ބަދަލާއެކު، ހިއްސާގެ އަގު ހެޔޮވެ، ގިނަ ބަޔަކަށް ހިއްސާގެ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ލިބި، ޓްރޭޑިންގ ހަރަކާތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެ އެވެ.

ބީއެމްއެލްމޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

1 ދުވަސް ކުރިން - 16:00

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

13 ދުވަސް ކުރިން - 07:35

ބޭންކް އޮފް މޯލްޑިވްސްއަށް އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ލިބިއްޖެ

އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ބީއެމްއެލްއަށް

13 ދުވަސް ކުރިން - 07:25

ބީއެމްއެލް އެމެކްސް ކަސްޓަމަރުންނަށް ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރަނގަޅު ފުރުސަތެއް ހުޅުވާލައިފި

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރަނގަޅު ފުރުސަތެއް ހުޅުވާލައިފި

13 ދުވަސް ކުރިން - 20:45

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އިން ހުޅުވާލައިފި

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

14 ދުވަސް ކުރިން - 22:13

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

16 ދުވަސް ކުރިން - 14:56