Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެސްޓީއޯއިން 27,000 ޑީޑަބްލިޔުޓީގެ ބޮޑު ތެޔޮ ޓޭންކަރެއް ގަނެފި

އެސްޓީއޯއިން 27,000 ޑީޑަބްލިޔުޓީގެ ބޮޑު ތެޔޮ ޓޭންކަރެއް ގަނެފި

ހައްވާ މިރުފާ
79 ދުވަސް ކުރިން - 23 މާޗް 2026 18:16
އެސްޓީއޯއިން އަލަށް ގަތް އެމް.ޓީ ނިއޯން ޓޭންކަރު--- ފޮޓޯ:ވެސަލް ޓުރެކާ
އެސްޓީއޯއިން އަލަށް ގަތް އެމް.ޓީ ނިއޯން ޓޭންކަރު--- ފޮޓޯ:ވެސަލް ޓުރެކާ
ޚުލާސާ

އެ ޓޭކަރަކީ ކުރިން ލައިބީރިއާގެ ދިދައިގެ ދަށުގައި ދުއްވަމުން އައި ޓޭކަރެއް. ތެޔޮ ލިބުމުގެ ތަކުލީފުތައް އުފުލަން ޖެހިފައިވާ ދަނޑިވަޅެއްގައި މިއީ އެސްޓީއޯއިން އެޅި ހަރުދަނާ ފިޔަވަޅެއް.

ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލުގެ ބާވަތްތައް މައިގަނޑު ގޮތެއްގައި އެތެރެކުރާ ދައުލަތުގެ މައި ކުންފުނި، އެސްޓީއޯއިން ރާއްޖެއަށް ބޮޑު ތެޔޮ ޓޭންކަރެއް ގަނެފި އެވެ. މި އުޅަނދަކީ ރާއްޖޭގެ ތެލުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި އިމްޕޯޓް ކެޕޭސިޓީ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ކަނޑުދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ކެޕްޓަން މުހައްމަދު ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ގޮތުގައި، އެސްޓީއޯއިން އަލަށް ގަނެފައިވަނީ 2013 ވަނަ އަހަރު ބަނދެފައިވާ "އެމްޓީ ނިއޯން" ނަމަކަށް ކިޔާ ޓޭންކަރެކެވެ. މީގެ ކުރިން "އެކްސްޓީ ޑޮލްފިން" ގެ ނަމުގައި ލައިބީރިއާގެ ދިދައިގައި ދުއްވި މި އުޅަނދަކީ 27,000 ޑީޑަބްލިޔުޓީގެ، ކެމިކަލް އާއި ތެޔޮ އުފުލުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. މިހާރު މި އުޅަނދު ވަނީ ދިވެހިރާއްޖޭގެ ރަޖިސްޓްރީއަށް ބަދަލުކޮށްފަ އެވެ.

މިކަމާ ގުޅިގެން ކެޕްޓަން ނާޒިމް ވަނީ އެސްޓީއޯއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ ތެލުގެ އިމްޕޯޓް ކެޕޭސިޓީ ވަރުގަދަކުރުމަށް އެ ކުންފުނިން އެޅި ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. ހަމައެއާއެކު، މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށާއި ކަމާބެހޭ އިސްވެރިންނަށް އޭނާ ވަނީ މަރުހަބާ ދަންނަވާފަ އެވެ. އެސްޓީއޯގެ ރަސްމީ އެކްސް އެކައުންޓުން ވަނީ ކެޕްޓަން ނާޒިމްގެ މި ޕޯސްޓު ރީޕޯސްޓުވެސް ކޮށްފަ އެވެ.

Advertisement

Advertisement 1

ރާއްޖެއަކީ މުޅިންހެން ބޭރުން އިމްޕޯޓްކުރާ ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން، ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ކޮންމެ ލޮޅުމަކުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި އަސަރުތަކެއް ކުރެ އެވެ. އެހެންކަމުން، އެސްޓީއޯއިން އަލަށް ގަތް މި ޓޭންކަރަކީ ތެޔޮ ސަޕްލައި ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭނެ ބޮޑު ބާރެކެވެ.

މީގެ އިތުރުން، އެސްޓީއޯއިން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ ދަތިކަން ކުރިމަތިވާ ފަދަ ހާލަތްތަކުގައި ބޭނުންކުރުމަށްޓަކައި މިހާރުވެސް 17 ދުވަހުގެ ތެޔޮ ރާއްޖޭގައި ރައްކާކޮށްފައި އެބަހުއްޓެވެ. އައު ޓޭންކަރާއެކު މި ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެ އެވެ.

އެސްޓީއޯޓްރާންސްޕޯޓް މިނިސްޓްރީ (އުވާލެވިފައި)ތެލުގެ ބާޒާރު
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމެރިކާގައި ތެލުގެ އަގު 42 އިންސައްތައަށް އުފުލިއްޖެ

އެމެރިކާގައި ތެލުގެ އަގު 42 އިންސައްތައަށް އުފުލިއްޖެ

8 ދުވަސް ކުރިން - 04:09

ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވިދާނެ ކަމުގެ އުންމީދާ އެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

ތެލުގެ އަގު ދަށަށް ހިނގައްޖެ

16 ދުވަސް ކުރިން - 16:42

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި: މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާ 276 މިލިއަނަށް

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ފާސްކޮށްފި

24 ދުވަސް ކުރިން - 15:22

އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

އެސްޓީއޯއަށް މިދިޔަ އަހަރު 16.68 ބިލިއަންގެ އާމްދަނީއެއް

40 ދުވަސް ކުރިން - 11:10

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

އެސްޓީއޯގެ ހިއްސާއަކަށް 85 ރުފިޔާ ބަހަން ހުށަހަޅަނީ

40 ދުވަސް ކުރިން - 11:00

އަންނަ މަހުން ފެށިގެން ޗައިނާއިން ރާއްޖެއަށް ތެޔޮ އެކްސްޕޯޓް ކުރަން ނިންމައިފި

ޗައިނާއިން ރާއްޖެއަށް ތެޔޮ އެކްސްޕޯޓް ކުރަން ނިންމައިފި

41 ދުވަސް ކުރިން - 15:40