އެމެރިކާގެ ނިއުޔޯކުގެ ލަގާޑިއާ އެއާޕޯޓުގައި މަތިންދާބޯޓަކާއި އަލިފާން ނިއްވާ އުޅަނދު ޖެހި އެކްސިޑެންޓްވެ، އަލިފާން ރޯވުމާއި ގުޅިގެން ހިނގި ހާދިސާގައި ފުލައިޓުގެ ޕައިލެޓާއި ކޯޕައިލެޓް ވެސް މަރުވެ، 40 އަށް ވުރެ ގިނަ މީހުންނަށް އަނިޔާ ވެއްޖެއެވެ.


ކެނެޑާ ފުލައިޓު އެކްސިޑެންޓް ވީ ޕޯޓް އޮތޯރިޓީގެ އެއާކްރާފްޓް ރެސްކިއު އެންޑް ފަޔަރފައިޓިން ވެހިކަލެއްގައި ޖެހިގެން ކަމަށް މަސްދަރަކުން ބުނެއެވެ.
އެއާ ކެނެޑާއިން ބުނީ ސީއާރުޖޭ-900 މަތިންދާބޯޓުގައި 72 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިން ތިބި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ލަގާޑިއާ އެއާޕޯޓް ވަނީ ބަންދުކޮށްފައެވެ.








