އެމެރިކާގެ ނިއުޔޯކުގެ ލަގާޑިއާ އެއާޕޯޓުގައި މަތިންދާބޯޓަކާއި އަލިފާން ނިއްވާ އުޅަނދު ޖެހި އެކްސިޑެންޓްވެ، އަލިފާން ރޯވުމާއި ގުޅިގެން އެ އެއާޕޯޓު ބަންދު ކޮށްފިއެވެ.

މި ހާދިސާ ހިނގުމާއި އެކު ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ ފުލައިޓުގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށައި، އެއާޕޯޓް ވެސް ބަންދު ކޮށްފައެވެ.

މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްޞީލެއްް އަދި ނުލިބެއެވެ.