Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޓެކްސީލައިންގެ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން މާދަމާ އިތުރު ވޯކް-އިން-އިންޓަވިއުއެއް ބާއްވަނީ

ޓެކްސީލައިންގެ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން މާދަމާ އިތުރު ވޯކް-އިން-އިންޓަވިއުއެއް ބާއްވަނީ

މުހައްމަދު ޖަމްޝަތު
80 ދުވަސް ކުރިން - 22 މާޗް 2026 14:47
ޓެކްސީލައިނަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށްޓަކައި އެމްޓީސީސީން ޖެނުއަރީ މަހު ބޭއްވި ވޯކް-އިން-އިންޓަވިއުގެ ތެރެއިން---ފޮޓޯ:އެމްޓީސީސީ
ޓެކްސީލައިނަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށްޓަކައި އެމްޓީސީސީން ޖެނުއަރީ މަހު ބޭއްވި ވޯކް-އިން-އިންޓަވިއުގެ ތެރެއިން---ފޮޓޯ:އެމްޓީސީސީ
ޚުލާސާ

މި އިންޓަވިއުތައް ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 16:00 އާ ހަމައަށް މާފަންނު ބަސްޓާމިނަލްގަ

ސަރުކާރުން އަލަށް ތައާރަފުކުރާ ޓެކްސީލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށްޓަކައި މާދަމާ ވޯކް-އިން-އިންޓަވިއުއެއް ކުރިއަށް ގެންދިޔުމަށް އެމްޓީސީސީން ނިންމައިފިއެވެ.

މި އިންޓަވިއުތައް ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 16:00 އާ ހަމައަށް މާފަންނު ބަސްޓާމިނަލްގައެވެ.

ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ މިދިޔަ ޖެނުއަރީ މަހުވެސް ވޯކް-އިން-އިންޓަވިއުއެއް ކުރިއަށް ގެންގޮސްފައެވެ. އެ ފަހަރުގެ އިންޓަވިއުގައި 250 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

Advertisement

Advertisement 1

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި ޓެކްސީލައިންގެ ހިދުމަތް ދިނުމަށްޓަކައި ޖުމްލަ 407 ޑްރައިވަރުން ބޭނުންވެއެވެ. މީގެ ތެރޭގައި ހިމެނެނީ ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 285 ޑްރައިވަރުންނާއި، ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ 122 ޑްރައިވަރުންނެވެ. މި ހިދުމަތް ފެށުމަށްޓަކައި މިހާރު ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މި އުޅަނދުތައް ޗާޖް ކުރުމަށް ހާއްސަ އީވީ ސްޓޭޝަންތައް މިހާރު ވަނީ ތައްޔާރުކޮށްފައެވެ. މި ހިދުމަތަކީ 24 ގަޑިއިރު ލިބޭނެ ހިދުމަތަކަށްވާއިރު، ތިން ސައިޒެއްގެ އުޅަނދު މި ހިދުމަތުގައި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން މިފަދަ ހިދުމަތެއް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ޓެކްސީ ހޯދުމުގައި އާއްމުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް، ބައިނަލްއަގުވާމީ ގޮތުން މަޝްހޫރު އޫބާ އަދި ގްރޭބް ފަދަ ހިދުމަތްތަކުގެ މޮޑެލްއަށެވެ.

ޓެކްސީ ފްލީޓްއެމްޓީސީސީޓްރާންސްޕޯޓް މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

ފަރެސްމާތޮޑާގެ ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް އެމްޓީސީސީން ނިންމާލައިފި

7 ދުވަސް ކުރިން - 17:03

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

9 ދުވަސް ކުރިން - 20:41

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

10 ދުވަސް ކުރިން - 15:02

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާކަން އެމްޓީސީސީން ހަނދުމަކޮށްދީފި

އާރް.ޓީ.އެލް ފެރީގައި އުފުލޭނީ ގިނަވެގެން ދެ ދާގީނާ

16 ދުވަސް ކުރިން - 22:02

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަޝްރޫއުގެ %68 މަސައްކަތް ނިމިއްޖެ

24 ދުވަސް ކުރިން - 15:36