އީރާނުގެ ޙަމަލާތައް ވަރުގަދަވުމާއި ގުޅިގެން، ޣިރާޤުގައި ތިބި ނޭޓޯ ސިފައިން އެތަން ދޫކޮށްލަން ނިންމައިފި ކަމަށް އިތުބާރު ހުރި މަސްދަރަކުން ބުނެފިއެވެ.
ޣިރާޤުގައި ނޭޓޯގެ ގިނަ ޢަދަދެއްގެ ސިފައިން އެބަތިއްބެވެ. އޭގެތެރޭގައި ސްޕެއިންގެ ގާތްގަނޑަކަށް 200–300 ސިފައިންނާއި، ޕޮލެންޑްގާއި ހޮލެންޑާއި ނެދަލެންޑްސްގެ އިތުރުން އިޓަލީ އާއި ނޯވޭގެ ސިފައިން އެބަ ތިއްބެވެ.
އީރާނުން ގެންދަނީ ޣިރާޤަށް ވެސް ދޭތެރެ ދޭތެރެއިން ރައްދު ޙަމަލާ ތައް ދެމުންނެވެ. ހުސްވި ހަފްތާގައި އީރާނުން ވަނީ ޣިރާޤުގައި ތިބި އިޓަލީ ސިފައިންގެ ބޭސް އަށް ވެސް ޙަމަލާ ދީފައެވެ. މި ކަމާއި ގުޅިގެން އިޓަލީ އިން މިހާރު ދަނީ ރައްކާތެރި ކަމާއި އެކު އެ ޤައުމުގެ ސިފައިން ޣިރާޤުން ބޭލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.










