Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޒަމާނީ ފެންވަރަށް ސަލްޓަން ޕާކު ތަރައްގީ ކުރާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވައިފި

ޒަމާނީ ފެންވަރަށް ސަލްޓަން ޕާކު ތަރައްގީ ކުރާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލައްވައިފި

އައިޝަތު ރުވާ ރިފްޢަތު
118 ދުވަސް ކުރިން - 20 މާޗް 2026 20:57
ސަލްޓަން ޕާކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ސަލްޓަން ޕާކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސަލްޓަން ޕާކުގައި ތައްޔާރުކޮށްފައިވާ އޯވަހެޑް އޮބްސްޓެކްލް ކޯސް، ޝޫޓިން ރޭންޖް އަދި އެކިއެކި ސްޓޯލްތަކުގެ މަސައްކަތްތައް އެމަނިކުފާނު ބައްލަވައިލެއްވި.

ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވައިލައްވައިފި އެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާ ސަލްޓަން ޕާކަށް ކުރެއްވި މި ޒިޔާރަތުގައި، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އެތަނުގައި އަލަށް ގާއިމުކުރާ ވަސީލަތްތަކުގެ މައޫލޫމާތު އޮޅުންފިލުއްވައި، އަމަލީ ގޮތުން މިހާރު ކުރެވިފައިވާ މަސައްކަތްތައް ވަނީ ވަޒަންކުރައްވާފަ އެވެ. މި މަސައްކަތަކީ ޒަމާންތަކަކަށް އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު، ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީކޮށް އަލުން ހުޅުވުމަށްޓަކައި ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ފެށި މި މަސައްކަތުގެ ދަށުން، ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން މަރާމާތަށް ބަންދުކުރުމަށްފަހު، މިހާރު ވަނީ އީދު ދުވަހާ ދިމާކޮށް އާބާތުރަ ފިލުވައި އަލުން ހުޅުވާފަ އެވެ. މިގޮތުން ޕާކުގެ ވިއު ސްޓްރަކްޗާ، ޓްރީހައުސް، ވޯކްވޭތައް އަދި ކުޑަކުދިން ކުޅޭ ސަރަހައްދުތައް ވަނީ މަރާމާތުކޮށްފަ އެވެ. މީގެއިތުރުން، އިށީންނާނެ ބެންޗުތައް ބެހެއްޓުމާއި، ސީސީޓީވީ ކެމެރާތައް ހަރުކުރުމާއި، ގާޑަން ސަރަހައްދު ރީތިކުރުމުގެ މަސައްކަތްވެސް ވަނީ ނިންމާފަ އެވެ.

Advertisement

Advertisement 1

ޕާކުގެ ފެހިކަން އިތުރުކުރުމަށްޓަކައި ކާޕެޓް ވިނަ އާއި ތަފާތު ރީތި މާގަސްތައް އިންދާފައިވާއިރު، މިއީ އާއިލާތަކާއި ކުޑަކުދިންނަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ކުރެވުނު މަސައްކަތެކެވެ. ސަލްޓަން ޕާކު މުޅިން ނިމޭއިރު، ކުރިން ވިންޓާ ޕާކު ހުރި ސަރަހައްދުގައި އީ-ގޭމިން މަރުކަޒެއްވެސް ގާއިމުކުރެވިގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި، ބަރަކާތްތެރި ފިތުރު އީދުގެ މުނާސަބަތުގައި އެމް.އެން.ޑީ.އެފް އިން ވިލަރެސްކޮށްގެން ކުރިއަށްގެންދާ "އީދު ހަވީރު 1447" ގެ ހަރަކާތްތަކަށް ވަމުންދާ ތައްޔާރީތައްވެސް ބައްލަވާލެއްވި އެވެ. އެގޮތުން ސަލްޓަން ޕާކުގައި ތައްޔާރުކޮށްފައިވާ އޯވަހެޑް އޮބްސްޓެކްލް ކޯސް، ޝޫޓިން ރޭންޖް އަދި އެކިއެކި ސްޓޯލްތަކުގެ މަސައްކަތްތައް އެމަނިކުފާނު ބައްލަވައިލެއްވި އެވެ.

މާލޭގެ ޕާކުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ރަސްފަންނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީ އަދި އެމް.ޑަބްލިޔު.އެސް.ސީ އާ ހަވާލުކޮށްގެން މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ.

ސަލްޓަން ޕާކުއެމްއެންޑީއެފްރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

12 ގަޑިއިރު ކުރިން - 20:18

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

13 ގަޑިއިރު ކުރިން - 19:57

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

13 ގަޑިއިރު ކުރިން - 19:39

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

1 ދުވަސް ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

2 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

3 ދުވަސް ކުރިން - 22:50