
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ތަރުޖަމާނު ޢަލީ މުހައްމަދު ނައިނީ - އޭނާ ޝަހޯދުކޮށްލީ ރޭ ފަތިހު.
އެމެރިކާ އާއި އިސްރާއީލު ގުޅިގެން ދިން މިސައިލް ޙަމަލާ އެއްގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ތަރުޖަމާނު ޢަލީ މުހައްމަދު ނައިނީ ޝަހީދު ވެއްޖެއެވެ.
އޭނާ ޝަހީދު ކޮށްލުމުގެ ގަޑިއެއް ހާއިރު ކުރިން ވިދާޅުވި ގޮތުގައި އީރާނުގައި މިސައިލް އުފެއްދުމުގެ ޤާބިލްކަން ކުރިން ވެސް އޮތް ގޮތުގައި އެބަ އޮތެވެ.
އެމެރިކާ އާއި އިސްރާއީލުން ވަނީ އީރާނުގެ މުހިއްމު ގިނަ އިސް ބޭފުޅުންތަކެއް ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ސުޕްރީމް ލީޑަރު ޢަލީ ޚާމަނާއީ އާއި، ސެކިއުރިޓީ ސުޕްރީމް ކައުންސިލްގެ ސެކެޓްރީ ޑރ. ޢަލީ ލަރިޖާނީ އާއި އައިއާރުޖީސީގެ ކޮމާންޑަރު މުޙައްމަދު ޕަކްޕޫރާއި ސިފައިންގެ ޗީފް އޮފް ސްޓާފް އަބްދުލްރަހީމް މޫސާވީ އާއި ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރުޒާދޭ އާއި ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ވެރިޔާ ޣުލަމްރިޒާ ސުލައިމާނީ އާއި ފުލުހުންގެ ޖާސޫސީ އިސް ވެރިޔާ ޣުލަމްރެޒާ ރެޒައިނާއި ޖާސޫސީ ކޮމާންޑަރެއް ކަމަށްވާ ޞާލިހު އަސާދީ އަދި ހަތިޔާރު ދިރާސާ ކުރުމުގެ ސްޕެޝަލިސްޓެއް ހުސެއިން ޖަބަލް އަމަލިއަން ހިމެނެއެވެ.
އީރާނުން ވަނީ މި ޙަމަލާގެ ބަދަލު ހިފާނެ ކަމަށާއި، ހަނގުރާމަ ހުއްޓާލާނީ ބަދަލު ހިފައި ނިމުމުން ކަމަށް ބުނެފައެވެ.
ފާހަގަ ކޮށްލަން ޖެހޭ މުހިއްމު ކަމަކީ މި ހަނގުރާމައިގައި އެމެރިކާ އަށާއި އިސްރާއީލަށް މިއިން ދުވަހަކު ނުލިބޭހާ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.










