Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީދު ނަމާދަށް ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަނީ

އީދު ނަމާދަށް ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަނީ

އައިޝަތު ރުވާ ރިފްޢަތު
118 ދުވަސް ކުރިން - 19 މާޗް 2026 05:26
މިދިޔަ އަހަރު މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ---
މިދިޔަ އަހަރު މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަނީ---
ޚުލާސާ

މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާ ސަރަހައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަގުސަދުގައި.

1447 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދާ ގުޅިގެން، މާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާ ސަރަހައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަގުސަދުގަ އެވެ. މިގޮތުން ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަޙައްދުތަކަށެވެ. މިއީ ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު ޢީދު ނަމާދަށް އެއްވާ ސަރަހައްދުތަކެކެވެ.

ފުލުހުން ވަނީ ޓްރެފިކަށް ބަދަލު ގެންނަ ސަރަހައްދުތައް ހިމެނޭ ޗާޓެއް އާންމުކޮށްފަ އެވެ. އެ ޗާޓުގައި ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުރި އުޅަނދުތައް، މާދަމާގެ 15:00 ގެ ކުރިން އެ ސަރަހައްދުތަކުން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. މިއީ އީދު ނަމާދުގެ އިންތިޒާމުތައް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ފުލުހުން ބުނެ އެވެ.

Advertisement

Advertisement 1

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި މި އިންތިޒާމުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފަ އެވެ.

މިއަހަރުގެ ފިޠުރު ޢީދު ނަމާދު މާލެ ސަރަހައްދުގެ 4 ތަނެއްގައި ބޮޑު ޖަމާއަތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ސަރަހައްދުތަކަކީ:

  1. މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދު
  2. ވިލިމާލެ ފުޓުބޯޅަ ދަނޑު
  3. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކް
  4. ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދު ހަސަން އާދަމްއާއި ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި، ދުބުރި ގަސްމަގާއި އެއް އިންކޮށް އޮންނަ ހުސްބިން

ބޮޑު ޖަމާއަތުގެ އިތުރުން، މާލެ ސަރަހައްދުގެ ޖުމްލަ 24 މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްފިތުރު ޢީދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

6 ގަޑިއިރު ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

15 ގަޑިއިރު ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

2 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

2 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

2 ދުވަސް ކުރިން - 19:09

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

3 ދުވަސް ކުރިން - 01:44