މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން ޒައެނިސްޓުން ލުބުނާނަށް ދެމުންދާ ޙަމަލާ ތަކުގައި މިހާތަނަށް 900 އަށް ވުރެ ގިނަ މީހުން ޝަހީދު ވެއްޖެ ކަމަށް އެޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީ އާއި ޙަވާލާދީ ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހިނގަމުން މިދާ މާޗް 2 އިން އިއްޔެ / މާޗް 17 އާއި ދެމެދު ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު 912 އަށް އަރާފައިވާއިރު، 2،221 މީހުން ވަނީ ޒަހަމްވެފައެވެ. އޭގެ އިތުރުން މިއަދު ހެނދުނު ވެސް ލުބުނާނުން ވަނީ ދެމީހަކު ޝަހީދު ވެފައެވެ. އެހެންކަމުން ޝަހީދުވި މީހުންގެ ޢަދަދު 914 އަށް އެރީއެވެ.
ރެއާއި މިއަދު ހެނދުނު ވެސް އިސްރާއީލު ސިފައިން ވަނީ ލުބުނާނުގެ ދެކުނުގައި ޙަމަލާތައް ދީފައެވެ. އެއީ އެއްގަމު މަގުންނެވެ.
ޔަހޫދީ ޒައެނިސްޓުން ވަނީ ލުބުނާނުގެ ތެރެއަށް 7 ކިލޯމީޓަރާއި 9 ކިލޯމީޓަރާއި ދެމެދުގެ ސަރަހައްދަކަށް ވަދެފައެވެ.
ނޮވެމްބަރު 2024 ގައި ހަނގުރާމަ ހުއްޓާލުމާއި ތެހެރާނުގައި އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ ޝަހީދު ކޮށްލި ނަމަވެސް އިސްރާއީލުން ލުބުނާނަށް ދެމުންދާ ޙަމަލާ ތަކަށް ރައްދު ދީ، ޙިޛްالله އިން ދަނީ އިސްރާއީލުގެ އަސްކަރީ ތަންތަނަށް އަމާޒު ކޮށް ޙަމަލާ ދެމުންނެވެ.









