އެމެރިކާ އާއި އިޒުރޭލުގެ ފަޔާޖެޓުތަކުން ބެއިރޫތުގެ ޒަޤަޤް އަލްބަލާޠު ސަރަޙައްދަށް ވައިގެ ހަމަލާތައް ދީ ބޮން އަޅަމުން އެބަ ދެއެވެ. ލުބުނާނުގެ މި ސަރަޙައްދަކީ ހިޒްބުاللهގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަޙައްދެކެވެ.
ޒައެނިސްޓުން ރޭ ވެސް ލުބުނާނަށް ޙަމަލާ ދިން ކަން ފާހަގަ ކުރެވެއެވެ. ހިބްރޫ މަސްދަރުތަކުން ބުނަނީ މިރޭ ޙަމަލާ ތައް ދެމުން ގެންދަނީ ހަތިޔާރު ޑިޕޯ ތަކަށާއި، ހިޒްބުاللهގެ ހަނގުރާމަވެރިންނަށް އަމާޒު ކޮށްގެނެވެ.
މި ސަރަޙައްދަކީ 1980 ގެ އަހަރުތަކުން ފެށިގެން ހިޒްބުاللهގެ ނުފޫޒު އޮންނަ ސަރަޙައްދެކެވެ.










