އީރާނުން އިޒުރޭލަށް ދިން ސައުވީސްގަޑިއިރު ހަމަވުމާއި އެކު މިސައިލާއި ޑްރޯނުން ޓެލްއަވިވް އަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފިއެވެ.
މި ވަގުތު ޙަމަލާތައް ދެމުން ގެންދަނީ ޓެލްއަވިވް ގެ އުތުރަށާއި މެދުތެރެއަށެވެ.
ހަނގުރާމަ މިހާރު ތިންވަނަ ހަފްތާއަށް ވަދެފައިވާއިރު، އީރާނުން ދެމުން ގެންދަނީ ރައްދު ޙަމަލާ ތަކެވެ. އީރާނުން ވަނީ އިސްރާއީލާއި އަދި މެދުއިރުމަތީގައިވާ އެމެރިކާގެ މަރުކަޒުތަކަށް ޑްރޯން އާއި މިސައިލް ހަމަލާދީ ބަދަލު ހިފާފައެވެ.
މިރޭ މިވަގުތު ޓެލް އަވިވް އަށާއި ޒައެނިސްޓުން ހިފާފައިވާ ސަރަޙައްދުތަކަށް ޙަމަލާ ތައް ދެމުން ގެންދަނީ ހިޒްބުالله އާއި އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން ގުޅިގެންނެވެ.










