Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލޯކަލް މާރުކޭޓު ހުރި ބިމުގައި 6 ފަންގިފިލާގެ މާރުކޭޓު ކޮމްޕްލެކްސްއެއް ތަރައްގީކުރަން ޙަވާލުކޮށްފި

ލޯކަލް މާރުކޭޓު ހުރި ބިމުގައި 6 ފަންގިފިލާގެ މާރުކޭޓު ކޮމްޕްލެކްސްއެއް ތަރައްގީކުރަން ޙަވާލުކޮށްފި

މުހައްމަދު ޖަމްޝަތު
166 ދުވަސް ކުރިން - 16 މާޗް 2026 13:37
މާލެ ވެޓް މާރުކޭޓް ކޮމްޕްލެކްސްގެ ކުރެހުމެއް---
މާލެ ވެޓް މާރުކޭޓް ކޮމްޕްލެކްސްގެ ކުރެހުމެއް---
ޚުލާސާ

މި މަޝްރޫއަކީ މާލޭގެ ބާޒާރުމަތީ ސަރަހައްދު ތަރުތީބުކޮށް، ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް

މާލޭގެ ލޯކަލް މާރުކޭޓު މިހާރު ހިންގަމުންދާ ބިމުގައި ޒަމާނީ މާކެޓް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. 

ކޮންސްޓްރަކްޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލްއެވެ. ޓްރަސްޓެން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުލް ހާދީއެވެ. މި މަޝްރޫއަކީ ޖުމްލަ 126.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މާލެ މަސްމާރުކޭޓު ކުރިމަތިން މިހާރު ހިންގަމުން އަންނަ ލޯކަލް މާރުކޭޓު ހުރި ބިމުގައި ބިނާކުރާ މި ކޮމްޕްލެކްސްގައި 6 ފަންގިފިލާ ހިމެނޭނެއެވެ. އިމާރާތުގެ ބޭސްމަންޓްގައި 400 އަށްވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ޖާގަ އޮންނާނެއެވެ. ގްރައުންޑް ފްލޯރ ހާއްސަކޮށްފައިވަނީ މަސް ވިއްކުމަށެވެ. އެގޮތުން ސްޓެއިންލެސް ސްޓީލްގެ 110 ގޮޅިއާއި، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް 5 ޓަނުގެ އައިސް ޕްލާންޓެއް އެތަނުގައި ހުންނާނެއެވެ.

Advertisement

Advertisement 1

މާލެ ވެޓް މާރުކޭޓް ކޮމްޕްލެކްސްގެ ކުރެހުމެއް---

އިމާރާތުގެ ފުރަތަމަ، ދެވަނަ އަދި ތިންވަނަ ފަންގިފިލާ ހާއްސަކޮށްފައިވަނީ މޭވާއާއި ތަރުކާރީ ވިއްކުމަށެވެ. ކޮންމެ ފަންގިފިލާއެއްގައި 115 ގޮޅި ހިމެނޭއިރު، މުޅި އިމާރާތުގައި ޖުމްލަ 345 ގޮޅި މޭވާއާއި ތަރުކާރީއަށް ހުންނާނެއެވެ. އަދި އިމާރާތުގެ ޓެރަސްގައި ކާބޯތަކެތީގެ ހިދުމަތް ދިނުމަށް ހާއްސަ ފުޑް ކޯޓެއް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ ބާޒާރުމަތީގައި މިހާރު ވަކިވަކިން ހިންގަމުންދާ ދަތުރުވެރިންގެ މާރުކޭޓާއި، މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ބަދަލުވެގެންދާނެއެވެ. މިއީ ބާޒާރުމަތީގެ ތޮއްޖެހުން ކުޑަކޮށް، ވިޔަފާރިވެރިންނަށާއި އާންމުންނަށް ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ޓްރަސްޓެންގ މޯލްޑިވްސްއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަންނަ އަހަރުގެ ފަހުކޮޅަށް މި މަސައްކަތް ނިމުމުން، މާލޭގެ ބާޒާރުމަތީގެ މަލަމަތި ބަދަލުވެ، އެ ސަރަހައްދުގެ މަގުތަކަށާއި ބަނދަރަށް އަންނަ ބާރު ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްލޯކަލް މާރުކޭޓްމާލެ މަސް މާރުކޭޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

4 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

5 ދުވަސް ކުރިން - 23:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

7 ދުވަސް ކުރިން - 13:47

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

25 ދުވަސް ކުރިން - 00:38

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

44 ދުވަސް ކުރިން - 23:50

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

47 ދުވަސް ކުރިން - 14:14